ކ. މާލެ
|
12 ސެޕްޓެންބަރ 2021 | އާދީއްތަ 00:06
ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ފެތުރެމުންދާއިރު ރާއްޖޭގައިވެސް މީހުން ދަނީ ސަލާމަތީ ފިޔަވަޅުތައް އަޅަމުންނެވެ. --- ފޮޓޯ : ޔޫސުފް ސޮފްވާން
ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ފެތުރެމުންދާއިރު ރާއްޖޭގައިވެސް މީހުން ދަނީ ސަލާމަތީ ފިޔަވަޅުތައް އަޅަމުންނެވެ. --- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ފަސްހާހެއްހާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 106 މީހުން
 
ނިމިގެންދިޔަ 24 ގަޑިއިރު ތެރޭގައި 138 މީހުން ބަލިން ރަނގަޅުވި

އިތުރު 106 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް ނަގާފައިވަނީ 5589 ސާމްޕަލެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ވަނީ 2052 ސާމްޕަލް ނަގައި ޓެސްޓްކޮށްފައެވެ. ރިސޯޓްތައް ހިމެނޭ ގޮތަށް އަތޮޅުތެރެއިން ނެގި 3537 ސާމްޕަލްގެ ތެރެއިން, މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވެފައިވަނީ 60 މީހުންނެވެ. ރިސޯޓްތަކުން 11 މީހުން ޕޮޒިޓިވްވިއިރު ސަފާރީތަކުން 1 ޕޮޒިޓިވްއެވެ.

މާލެ ސަރަހައްދުން ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 34 މީހުންނެވެ. އެއީ 2052 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

ހޮނިހިރު ދުވަހުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 82،684ށް އަރާފައެވެ. އަދި މީގެ ތެރެއިން 80،374 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ނިމިގެންދިޔަ 24 ގަޑިއިރުގެ ތެރޭގައި 138 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހޮނިހިރު ދުވަހުގެ އަދަދުތަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 2102 މީހުންނެވެ. އަދި މީގެ ތެރެއިން 12 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދިވެސް އެޗްޕީއޭއިން ނެރެފައިވާ އެލަރޓް ހުރީ އޮރެންޖުގައެވެ. މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެޗްޕީއޭއިން އަންނަނީ އޮރެންޖް އެލަރޓް ނެރެމުންނެވެ.

މިހާތަނަށް މި ބަލީގައި 227 މީހަކު ވަނީ ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް