ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 22:53
ކޮވިޑަށް ނަގާފައިވާ ސާމްޕަލްތައް ޗެކްކުރަނީ
ކޮވިޑަށް ނަގާފައިވާ ސާމްޕަލްތައް ޗެކްކުރަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ރާއްޖޭގެ ކޮވިޑްގެ ހާލަތު
އަންގާރަ ދުވަހުގެ ކޭސްތައް 150ން މައްޗަށް
 
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 105 މީހުން

އިތުރު 151 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް ނަގާފައިވާ 6736 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 151 މީހުންނެވެ. 6736 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން ނަގާފައިވަނީ 1820 ސާމްޕަލެވެ.

ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 42 މީހުންނެވެ. އަދި އަތޮޅު ތެރެއިން 98 މީހުން ޕޮޒިޓިވްވެފައިވާ އިރު، ރިސޯޓްތަކުން 4 މީހުން އަދި ސަފާރީތަކުން 7 މީހުން ވަނީ ޕޮޒިޓިވްފެއެވެ.

އަންގާރަ ދުވަހުގެ އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް 80،218 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 78،294 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ފާއިތުވި 24 ގަޑިރު ތެރޭގައި 105 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެކްޓިވް ކޭހުގެ ގޮތުގައި ރިޕޯޓް ކުރެވިފައިވަނީ 1687 މީހުންނެވެ. މީގެ ތެރެއިން 15 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެކަކު ވަނީ މި މުއްދަތުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މިހާތަނަށް ކޮވިޑްގައި 225 މީހުން ވަނީ ނިޔާވެފައެވެ. އޮގަސްޓު މަހުގެ ތެރޭގައި 4 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކޮވިޑްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ދިވެހިންނެވެ. 62،218 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިއީ ޕޮޒިޓިވްވި މީހުންގެ 77.7 އިންސައްތައެވެ. ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. 9267 މީހަކު ޕޮޒިޓިވްވި އިރު މިއީ ޕޮޒިޓިވްވި މީހުންގެ 11.5 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ އިންޑިއާ މީހުންނެވެ. 3611 މީހަކު ޕޮޒިޓިވްވިއިރު މިއީ ޕޮޒިޓިވްވި މީހުންގެ 4.5 އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް