ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ބަޚްތަވާރު ބުއްޓޫ

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

  • އެއީ މޮޔަބިލެއް ކަމަށް ސިފަކުރެއްވި
  • ބިލުގައި ސަމާލުކަންނުދޭ ކަންކަން ހުރިކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
Ahmed_Fairoox

ކ. މާލެ 15 މެއި 2017 | ހޯމަ 17:13 1,775

ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ބަޚްތަވާރު ބުއްޓޫ ޒަރުދާރީ - ގޫގުލް

އާއްމު ތަންތަނުގައި ކެއިން ބުއިން މަނާކުރުމަށް "އިހްތިރާމް ރަމަޒާން ބިލް 2017" ގެ ނަމުގައި  ޕާކިސްތާނުގެ ގާނޫނު ހަދާ މަޖްލީހަށް ހުށަހެޅި އިސްލާހަކަށް ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ބަޚްތަވާރު ބުއްޓޫ ޒަރުދާރީ ދެކޮޅު ހައްދަވައިފިއެވެ.

 

ރޯދަމަހު ދުވާލު ގަޑީގައި ކާމީހުންނާއި ގުޅޭގޮތުން، ޕާކިސްތާނުގައި ފުރަތަމަ ޤާނޫނެއް ހަދާފައިވަނީ1981  ވަނަ އަހަރު އެވެ. އެއަހަރު ފާސްކުރި ގާނޫނަކީ "އިހްތިރާމީ ރަމަޒާން" ކިޔާ ގާނޫނެކެވެ. އޭގެ ފަހުން އެކިކަހަލަ އިސްލާހު އެގާނޫނަށް ގެނެސްފައިވެއެވެ.

 

އެގޮތުން ރޯދަ މަހު ދުވާލު ގަޑީގައި އެއްވެސް މުސްލިމަކު އާއްމު ތަންތަނުގައި ކެއުން ބުއިން މަނާކޮށްފައިވެ އެވެ.

 

އެ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުގައި ވާގޮތުން ރޯދަ މަހު ދުވާލު ކެޔުމުގެ ޚިދުމަށް ދޭ ތަންތަން 500 އާއި 25،000 ރުޕީސްއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

 

މިފަހަރުގެ އިސްލާހު ކަމުގައިވާ "އިހްތިރާމް ރަމަޒާން ބިލް 2017"  އަށް ދެކޮޅު ހައްދަވާ އެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން  ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ބަޚްތަވާރު ވިދާޅުވީ އެއީ އިސްލާމް ދީނާ ޚިލާފު "މޮޔަ ބިލެއް" ކަމަށެވެ.

 

ބަޚްތާވަރު ވިދާޅުވީ ބަލި މީހުންނާއި ކުޑަކުދިންވެސް އުޅޭނެ ކަމަށާއި ޕާކިސްތާނުގެ ކޮންމެ މީހަކީ ރޯދަ ހިފޭނެ މީހެއް ނޫން ކަމަށެވެ.

 

މިފަދަ ހޫނުގަދަ ދުވަސްވަރެއްގައި ހީޓް ސްޓްރޯކް ޖެހި މީހުން މަރުވުންފަދަ ކަންކަމާއިމެދު އެ އިސްލާހުގައި ބަލާފައި ނުވާ ކަމަށް ބަޚްތާވަރު ވިދާޅުވިއެވެ.

 

"ސްކޫލްތަކަށް ދާ ކުޑަ ކުދިންނާއި ސިއްހީ މައްސަލަތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ރޯދައެއް ނުހިފިދާނެ" ބަޚްތާވަރު ވިދާޅުވިއެވެ.

 

ބަޚްތާވަރު ވަނީ އެފަދަ ހާލަތެއްގައި ހުރި ކުއްޖަކު ނުވަތ މީހަކު ފެންފޮދެއް ބޮއިފިނަމަ ނުވަތަ އެއްޗެއް ކަނިކޮށް ފެނިޖެއްނަމަ ހިފާ ހައްޔަރު ކުރަންވީތޯ ސުވާލު އުފައްދާފައެވެ.


އެންމެ ފުރަތަމަ އެ ގާނޫނު ފަސްކޮށް އަމަލުކުރަން ފެށިއިރު، ހީޓް ސްޓްރޯކް މައްސަލަ ބޮޑުވުމުން ޕާކިސްތާނުގެ ބައެއް އިލްމުވެރިންވަނީ ސިއްހަތަށް ނުރައްކާވާނަމަ ރޯދަ ދޫކޮށްލެވިދާނެ ކަމަށް ފަތުވާ ދީފަ އެވެ.

 

މިފަހަރުގެ އިސްލާހަށް ބަޚްތާވަރުގެ އިތުރުން ބައެއް އެހެން މެންބަރުންވެސް ދެކޮޅު ހެއްދެވިނަމަވެސް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖްލީހުގެ "ރިލިޖަސް އެފެއާޒް ކޮމިޓީ" އިން ވަނީ އެ ބިލް ފާސްކޮށްފައެވެ.
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް