ކ. މާލެ
|
14 ޖޫން 2021 | ހޯމަ 22:43
އައިޖީއެމްއެޗް ލެބޯޓްރީގެ މަސައްކަތްތައް- ފޮޓޯ: ޔޫސުފް ޞަފްވާން
އައިޖީއެމްއެޗް ލެބޯޓްރީގެ މަސައްކަތްތައް- ފޮޓޯ: ޔޫސުފް ޞަފްވާން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19، ރާއްޖޭގެ ހާލަތު
މިއަދުވެސް އަތޮޅުތެރޭގެ ކޭސްތައް ގިނަ
 
އަތޮޅުތެރެއިން ޕޮޒިޓިވްވީ 215 މީހުން
 
ރާއްޖެއިން އިތުރު 372 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި
 
ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 70،673ށް އަރާފައި

އަތޮޅުތެރެއިން އިތުރު 215 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އިތުރު 372 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އަތޮޅުތެރެއިން ޕޮޒިޓިވްވި 215 މީހަކު ހިމެނޭއިރު، މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 125 މީހުންނެވެ. އަދި ރިސޯޓުތަކުން 30 މީހަކު ޕޮޒިޓިވްވެފައިވާއިރު، ސިނާއީ މަސައްކަތްކުރާ ރަށަކުންވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 70،673ށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދަކީ 8703 އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ރަނގަޅުވެފައިވަނީ 61،761 މީހުންނެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތައް ހާހަކުން މަތީގައި އުޅުމަށްފަހު މިހާރު ކޮންމެސް ވަރަކަށް ކޭސްތަކުގެ އަދަދުތައް ވަނީ ދަށްވާން ފަށާފައެވެ. ނަމަވެސް މާލެއާ އަޅާބަލާއިރު އަތޮޅު ތެރެއިން ފެންނަ ކޭސްތައް ވަނީ ކޮންމެސް ވަރަކަށް އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް