ކ. މާލެ
|
13 މެއި 2017 | ހޮނިހިރު 07:21
ހެކަރުން ފޮނުވާ މެސެޖުގެ ސްކްރީން ޝޮޓެއް
ހެކަރުން ފޮނުވާ މެސެޖުގެ ސްކްރީން ޝޮޓެއް
ގޫގުލް
ސައިބަރ އެޓޭކް
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
 
އެންމެ ނުރައްކާވީ އިނގިރޭސި ވިލާތަށް
 
އިތުރު ގައުމުތަކަށް އަމާޒްވެދާނެ

ދުރާލާ ރާވައިގެން ހެކަރުންގެ ގްރޫޕަކުން ވަރަށް ވަރުގަދަ ސައިބަރ އެޓޭކެއްގެ ޙަމަލާ ހަތްދިހަ ހަތަރު ޤައުމަކަށް އަމާޒްވެ އިތުރު ޤައުމުތަކަށް އަމާޒްވާން ފަށައިފއެވެ.

 

ހުކުރު ދުވަހުގެ މެންދުރެއްހާއި ހެކަރުންގެ ގްރޫޕަކުން ފޮނުވާލި "ރެންސަމްވެއާރ"ގެ ހަމަލާގެ ސަބަބުން 50 ހާހަށްވުރެ ގިނަ ކޮމްޕިއުޓަރު ލޮކްވެ، ދުނިޔޭގެ އެތައް މުއައްސަސާތަކެއްގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވެއެވެ.

 

ބައެއް ރިޕޯޓްތައް ބުނާގޮތުގައި މިހަމަލާ ދިނުމުގެ ފަހަތުގައި ވަނީ "ޝެޑޯ ބްރޯކާސް" ކިޔާ ހެކަރުންގެ ގްރޫޕެކެވެ. އެގްރޫޕަކީ މީގެ ކުރިންވެސް މިފަދަ ސައިބަރ ޙަމަލާތައް ދެމުންދާ ގްރޫޕެކެވެ.

 

މި ހަމަލާ އަމާޒްވެފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ރަޝިއާ، ސްޕެއިން، އިޓަލީ، އަދި ތައިވާން ފަދަ ބޮޑެތި ގައުމުތައް ހިމެނެއެވެ.

 

ރެންސަމްވެއާރ ވައިރަސް ފޮނުވާލުމުން ކޮމްޕިއުޓަރތަކުގެ މަސައްކަތް ހުއްޓުމަކަށް އާދެއެވެ. އަދި އެކަން ޙައްލުކުރަން ބޭނުންވާނަމަ އެކަން ކުރި ހެކަރުންނަށް ފައިސާ ދިނުމަށް ބުނެއެވެ.

 

"ރެންސަމްވެއާރ" ހަމަލާއަކީ އާންމުގޮތެއްގައި ލާރި ހޯދުމަށް ކޮމްޕިއުޓާރ ސޮފްޓްވެއާރ ދެމުންދާ ހަމަލާއެކެވެ.

 

މިހަމަލާގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެގޮތުން އެގައުމުގެ ބައެއް ހޮސްޕިޓަލްތައް ހުއްޓުމަކަށް އައެވެ.

 

މިހަމަލާގެ ސަބަބުން ހޮޕިޓަލްތަކުގެ ކޮމްޕިއުޓަރު ސިސްޓަމާއި ކިއު ސިސްޓަމްތައް ޑައުންވިއެވެ. އަދި ހޮސްޕިޓަލްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ބުރޫއަރާފައިވެއެވެ.

 

ކަމާއިބެހޭ ތަޖުރިބާ ކާރުން ބުނާގޮތުގައި މިހަމަލާ ދުނިޔޭގެ 74 ގައުމަކަށް މިހާތަނަށް އަމާޒްވެފައިވާކަން ކަށަވަރުވެފައިވާއިރު، އިތުރު ގައުމުތަކަށްވެސް ޙަމަލާގެ އަސަރުކުރުން ގާތެވެ.

 

ސައިބާރ އެޓޭކްތަކެއް ސްޕޭންގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކާއި ހަކަތަ އުފައްދާ ކުންފުންޏަކަށްވެސް ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް