1 ފެބްރުއަރީ 2025 | ހޮނިހިރު 10:08
-
1221
ފުދިއްޖެ ފުނޑިއްޖެ' ނަމުގައި އިންތިޒާމު ކުރާ މި ހިނގާލުމަކީ ރައީސް މުއިއްޒުގެ ބާރުން ގާނޫނު އަސާސީ އަށް ކުއްލި ބަދަލެއް ގެނެސް ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތްޕުޅަށް ނަންގަވާފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި ހިނގާލުމެކެވެ.
"ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ސަރުކާރުގެ ވައުދުތައް ނުފުއްދުމާ، ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެ ރައްޔިތުން ބިކަކޮށްލައިފި ކަމަށް ބުނެ ވަނީ އަޑު އުފުލާފައި - ފޮޓޯ: ރާއްޖެއެމްވީ
"ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ރައީސް މުއިއްޒުގެ ސަރުކާރުން ތިންބާރު ވަކިވެފައި އޮތް ނިޒާމު ގަޑުބަޑުވަމުން ގޮސް ޑިމޮކްރަސީގެ ސިފަތައް ގެއްލި ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ރާއްޖޭގެ ވެރިކަން ދާތީ އެކަމާ ރައްޔިތުން ވަނީ ނުރުހުން ފާޅު ކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
"ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ދައުލަތް މިހާރު މިހިންގާ ނިޒާމު އޮޅުން ބޮޅުންކޮށްލާ ރައްޔިތުން މި ހާލުގަ ޖެއްސުމަކީ ހިތްހަމަ ޖެހިގެން އާއެކޭ ބުނެގެން ތިބޭނެ ކަމެއް ނޫންކަން ކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވި - ފޮޓޯ: އެމްޑީޕީ
"ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް އަނިޔާވެރިނުވެ ފަހަތަށް ޖެހިވަޑައިގަންނަވެމަށް ވެސް މި ހިނގާލުމުގައި ވަނީ ގޮވާލާފައި - ފޮޓޯ: ރާއްޖެއެމްވީ
"ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ރައްޔިތުން މި ސަރުކާރުން ބިކަ ކޮށްފި ކަމަށާއި، ހާއްސަކޮށް މަސައްކަތްތެރިންގެ ތެރެއިން ބޮޑު ބައެއް ހިމެނޭ، ޓުއަރިޒަމް އަދި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން - ފޮޓޯ: އެމްޑީޕީ
"ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ރައީސް މުއިއްޒު މުޅި ރާއްޖެއަށް ވީ ވައުދުތައް މަތިން މިއަދު ހަނދާނެއް ނެތް ކަމަށް ބަައިވެރިން ގޮވާލަމުން ދިއަ - ފޮޓޯ: އެމްޑީޕީ