ހަވާނާގައި ފަލަސްތީނަށް ތާއީދުކޮށް ބޭއްވި ހިނގާލުން - ކިއުބާގެ ރައީސް އެއްމެ އިސްސަފުގައި

15 އޮކްޓޯބަރ 2024 | އަންގާރަ 19:05
-
672
އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހަށް ތާވަލުކުރި އެއްވުން ފަސްކުރަން މަޖުބޫރުވީ ތޫފާން މިލްޓަންގެ ސަބަބުންނެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލުން ޣައްޒާގައި ޖަރީމާތައް ހިންގަމުންދާ ކަމަށް ބުނެ އަޑު އުފުއްލާފަ - ފޮޓޯ: ރޮއިޓަރސް
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތާވަލުކުރި މި ހަރަކާތް ފަސްކުރީ މިދިޔަ ހަފުތާގައި ކިއުބާ އާއި ފްލޮރިޑާއަށް އެރި ތޫފާން މިލްޓަންގެ ސަބަބުން - ފޮޓޯ: އީޕީއޭ
ކިއުބާގެ ރައީސް މިގުއެލް ޑިއާޒް-ކެނެލް އާއި ބޮޑުވަޒީރު މެނުއެލް މެރޭރޯ ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވަނީ - ފޮޓޯ: އީޕީއޭ
ހަވާނާގައި، ފަލަސްޠީނު ރައްޔިތުންނާ އެއްބައިވަންތަކަމުގެ ގޮތުން ކިއުބާގެ ރައްޔިތުން ހިނގާލުން - ފޮޓޯ: އީޕީއޭ
ކިއުބާގައި ކުރިއަށްދިޔަ ހިނގާލުމުގައި ފިރިހެން ކުއްޖަކު އޭނާގެ ބައްޕަގެ ކޮނޑުގައި އިށީނދެލައިގެން - ފޮޓޯ: އޭޕީ ފޮޓޯ
މި އެއްވުމުގައި ވަނީ ކިއުބާއިން ޣައްޒާއަށް ތާއީދުކުރާކަން ތަކުރާރުކޮށް ފާހަގަކޮށް، އިޒްރޭލު ސަރުކާރަށް ފާޑުކިޔާފަ - ފޮޓޯ: އޭޕީ ފޮޓޯ
ހަވާނާގެ ވޯޓާފްރަންޓްގައި ބޭއްވި ހިނގާލުމުގައި ކިއުބާ އާއި ފަލަސްތީނުގެ ދަރިވަރުން ވަނީ ބައިވެރިވެފައި - ފޮޓޯ: އޭއެފްޕީ