ފަލަސްތީން އިޒްރޭލް ހަނގުރާމަ - ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެތަށް ބަޔަކު މަގުމައްޗަށް

8 އޮކްޓޯބަރ 2024 | އަންގާރަ 18:53
-
841
ޣައްޒާ އާއި ލުބްނާނުގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ބައިނަލްއަގުވާމީ ފެންވަރުގައި އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ.
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމައަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ލުބްނާނާއި ފަލަސްތީނުން އިޒްރޭލާއި އެމެރިކާގެ ދިދަތައް ރަމްޒުކޮށްދޭ ތަމްސީލެއް އަންދާލަނީ - ފޮޓޯ: އޭޕީ ފޮޓޯ
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - ފަލަސްތީނުގެ ސަޕޯޓަރުން ލޮސް އެންޖެލެސްގެ ޑައުންޓައުން ހުރަސްކޮށް ހިނގާލުން - ފޮޓޯ: އޭޕީ ފޮޓޯ
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - ޣައްޒާގައި ޝަހީދުވި ކުޑަކުދިން ތަމްސީލުކުރުމަށް ހުދު ކުލައިގެ ފޮތިގަނޑެއްގައި ފޮރުވިފައިވާ ގޮޅިތައް ހިފައިގެން ޖަކާޓާގައި ހުންނަ އެމެރިކާގެ އެމްބަސީ ގެ ބޭރުގައި ފަލަސްތީނަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބޮޑު ތަސްވީރަކަށް މުޒާހަރާ ކުރި މީހުން ފައިން އަރަނީ - ފޮޓޯ: އޭޕީ ފޮޓޯ
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - ޖަޕާނުގެ ޓޯކިޔޯގެ ޝިބުޔާ ޕެޑެސްޓްރިއަން ކްރޮސިން ކައިރީގައި ބޭއްވި އެއްވުމެއްގައި ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިން އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - މިދިޔަ މަހު އިޒްރޭލުން ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ނަސްރުاللهގެ ޕޯސްޓަރުތައް ހިފައިގެން ޔަމަނުގެ ސަނާގައި ހޫތީންގެ އެތައް ހާސް ސަޕޯޓަރުން ހިޒްބުاللهގެ ދިދަތަކާއެކު މުޒާހަރާ ކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަالله ސިޓީގައި ފަލަސްތީނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުاللهގެ ފޮޓޯ ހިމެނޭ ޕޯސްޓަރުތަކެއް ހިފައިގެން ހިނގާފައިވޭ - ފޮޓޯ: އޭޕީ ފޮޓޯ
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - ޕާކިސްތާނުގެ ލާހޯރުގައި އިޒްރޭލުގެ ވައިގެ ހަމަލާތަކާ ދެކޮޅަށް، ޣައްޒާ އާއި ލުބުނާނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމަށް މުޒާހަރާކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - އިންޑިއާގެ ނިއުދިއްލީގައި އިޒްރޭލާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން ފަލަސްތީނުގެ ދިދައެއް ނަގައި، ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ - ފޮޓޯ: އޭޕީ ފޮޓޯ
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - ޣައްޒާގައި ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރުމަށް ތުރުކީގެ އަންކާރާގައި ބޭއްވި މުޒާހަރާގެ ތެރެއިން ތުރުކީ އާއި ފަލަސްތީނުގެ ދިދަތައް ހިފައިގެން - ފޮޓޯ: ރޮއިޓަރސް
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - ފަލަސްތީނަށް ތާއީދުކޮށް ޖަރުމަނުގެ ބާލިންގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނާއި މުޒާހަރާ ކުރި މީހުން ކުރިމަތިލުން - ފޮޓޯ: ރޮއިޓަރސް
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - މޮރޮކޯގެ ރަބާތު ޑައުންޓައުންގައި ފަލަސްތީނާއި ލުބުނާނުގެ ރައްޔިތުންނަށް ތާއީދުކޮށް މުޒާހަރާ ކުރަނީ - ފޮޓޯ: ރޮއިޓަރސް
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު - ސްޕެއިންގެ ބާސެލޯނާގައި ޣައްޒާގައި ތިބި ފަލަސްތީނުންނަށް ތާއީދު ކުރާކަން ހާމަކުރުމަށް ރައްޔިތުން މުޒާހަރާކުރަނީ - ފޮޓޯ: ރޮއިޓަރސް