އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސް އަށް ދިޔުމާ ދެކޮޅަށް މުޒާހަރާކުރުން

25 ޖުލައި 2024 | ބުރާސްފަތި 18:18
-
1055
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސް އަށް ދިޔުމާ ދެކޮޅަށް ވޮޝިންޓަން ޑީސީއަށް އެތައް ހާސް ބަޔަކު އެއްވިއެވެ. ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރުކުރަމުން ގެންދިޔައިރު ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ނަތަންޔާހޫ އާ ދެކޮޅަށް މުޒާހަރާތައް ދިޔައީ ކުރަމުންނެވެ.
ފަލަސްތީނަށް ތާއީދުކުރާ ބައެއް މީހުން ވަނީ އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލުމަށް ގޮވާލާފައި - ފޮޓޯ: އޭއެފްޕީ
ބުދަ ދުވަހުގެ ހެނދުނު 1،000ށް ވުރެ ގިނަ މީހުން އެއްވި - ފޮޓޯ: އޭޕީ
ނަތަންޔާހޫގެ ފުލުހުންނާ ދެކޮޅަށް ޔަހޫދީންނާއި އެހެނިހެން ފަރާތްތަކުން މުޒާހަރާ ކުރާ ތަން ފެނުނު - ފޮޓޯ: އޭޕީ
އިޒްރޭލުން ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުން - ފޮޓޯ: ރޮއިޓަރސް
ފަލަސްތީނުގެ ދިދަތަކާއި ނިޝާންތައް ހިފައިގެން ތިބި މީހުން - ފޮޓޯ: ރޮއިޓަރސް
ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރަމުންގެންދިޔައިރު ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ނަތަންޔާހޫ އާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން - ފޮޓޯ: ރޮއިޓަރސް