މުޒާހަރާތަކުގައި 6 މީހަކު މަރުވެ، ބަންގްލަދޭޝްގެ ސްކޫލްތަކާއި ޔުނިވަރސިޓީތައް ބަންދުކުރުން

17 ޖުލައި 2024 | ބުދަ 16:11
-
1410
ޕަބްލިކް ސެކްޓަރުގެ ވަޒީފާތަކުގައި ކޯޓާއާ ދެކޮޅަށް އެއްވި ދަރިވަރުންނާއި ސަރުކާރު ސަޕޯޓަރުންނާއި ފުލުހުންނާ ވަނީ މި މުޒާހަރާތަކުގައި ކުރިމަތިލާފައެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މުޒާހަރާގެ ބައިވެރިންނާއި ބަންގްލަދޭޝް ޗަތުރާ ލީގުގެ މެންބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އަންހެނަކު ހިމާޔަތް ހޯދަނީ - ފޮޓޯ: އީޕީއޭ
ކޯޓާއާ ދެކޮޅުހަދާ މީހުންނަކީ 1971 ވަނަ އަހަރުގެ ހަނގުރާމައިގައި ޕާކިސްތާނުގެ އަސްކަރިއްޔާއާ ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ބޭނުންކުރާ ލަފުޒު "ރަޒާކަރު" ކަމަށް ޝައިޚު ހަސީނާ ލޭބަލް ކުރެއްވުމުން އިތުރު މުޒާހަރާތަކެއް ފެށުނު - ފޮޓޯ: އީޕީއޭ
ޑާކާގައި ކޯޓާ މުޒާހަރާގެ ބައިވެރިން ފުލުހަކަށް ހަމަލާދެނީ - ފޮޓޯ: އީޕީއޭ
ކޯޓާއާ ދެކޮޅު މުޒާހަރާތަކުގެ ކޯޑިނޭޓަރު ނާހިދު އިސްލާމް ވިދާޅުވީ މުޒާހަރާގެ ބައިވެރިން ވަނީ މުޅި ގައުމުގައި އިތުރު ހިނގާލުމާއި އެއްވުންތައް ބާއްވަން ރާވާފައި ކަމަށާއި އެ މީހުންގެ ޑިމާންޑްތައް ފުރިހަމަވަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް - ފޮޓޯ: އޭއެފްޕީ
ކޯޓާއާ ދެކޮޅު މުޒާހަރާގެ ބައިވެރިން ބަންގްލަދޭޝްގެ ދިދައާއި ބަޑި ހިފައިގެން ޑާކާ ޔުނިވަރސިޓީގައި ހިނގާލަނީ - ފޮޓޯ: ރޮއިޓަރސް
ބޯޑަރ ގާޑް ބަންގްލަދޭޝްގެ ޕެރަމިލިޓަރީ ފޯސް ވަނީ ބޮޑެތި ސިޓީތަކުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހަރަކާތްތެރިވެފައި - ފޮޓޯ: ގެޓީ
އަންގާރަ ދުވަހު އެގައުމުގެ އެކި ސިޓީތަކުގައި މުޒާހަރާގެ ބައިވެރިން އެއްވެ ހަމަނުޖެހުން ހިންގުމުގެ ތެރެއިން 6 މީހަކު ވަނީ މަރުވެފައި - ފޮޓޯ: ގެޓީ
މުޒާހަރާގެ ބައިވެރިންނާއި ސަރުކާރަށް ތާއީދުކުރާ ދަރިވަރުންގެ ޖަމާއަތްތަކުން އެކަކު އަނެކަކަށް ހަމަލާދޭން ފެށުމުން ހަމަނުޖެހުންތައް އިތުރަށް ހޫނުވެފައިވޭ - ފޮޓޯ: ގެޓީ
ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ޔުނިވަރސިޓީގެ ކެމްޕަހުގައި މުޒާހަރާގެ ބައިވެރިން ޒަހަމްވި ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓޯ: ގެޓީ
ކޯޓާއާ ދެކޮޅު މުޒާހަރާގެ ބައިވެރިންނާއި ވެރިކަން ކުރާ އަވާމީ ލީގު ޕާޓީގެ ސްޓޫޑަންޓް ވިންގް ކަމަށްވާ ބަންގްލަދޭޝް ޗަތުރާ ލީގުގެ މެންބަރުން ވެރިރަށް ޑާކާގައި ހަމަނުޖެހުން ހިންގަނީ - ފޮޓޯ: ގެޓީ