ފަލަސްތީނުގެ ރައްޔިތުންނަށް ހިޔާވަހިކަން ދޭ ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީފި

28 އޮކްޓޯބަރ 2024 | ހޯމަ 18:13
-
1403
ޕެރަމެޑިކް ހުސައިން މޮހްސެން ވިދާޅުވީ އެ ސްކޫލުގައި ހިމާޔަތް ހޯދަމުން ދިޔަ ގެދޮރު ގެއްލުނު މީހުން އައިސްފައިވަނީ ޖަބާލިއާ އާއި އުތުރު ޣައްޒާގެ އެހެން ހިސާބުތަކުން ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ އިޒްރޭލުން ވަށާލާފައިވާ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުން ހިޖުރަކުރަން މަޖުބޫރު ވެފައި - ފޮޓޯ: އަނަޑޯލޫ
ފަހަކަށް އައިސް ފަލަސްތީނުގެ ހަނގުރާމަވެރިން "ހަރަކާތްތެރިވަމުންދާ ކަމަށް" އިޒްރޭލުން ބުނަމުން އަންނަ ބައެއް ސްކޫލުތަކަށް ބަދަލުވި ހިޔާތަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހަމަލާދީފައި - ފޮޓޯ: އަނަޑޯލޫ
ޕެރަމެޑިކް ހުސައިން މޮހްސެން ވިދާޅުވީ އެ ސްކޫލުގައި ހިމާޔަތް ހޯދަމުން ދިޔަ ގެދޮރު ގެއްލުނު މީހުން އައިސްފައިވަނީ ޖަބާލިއާ އާއި އުތުރު ޣައްޒާގެ އެހެން ހިސާބުތަކުން ކަމަށް - ފޮޓޯ: އަނަޑޯލޫ
އިޒްރޭލުގެ އަސްކަރިއްޔާއިން އަސްމާ ސްކޫލަށް އަމާޒުކޮށް ދިން ހަމަލާގައި ސަލާމަތްވި މީހުންނާއި ހާލުގައި ޖެހުނު މީހުން ހޯދަނީ - ފޮޓޯ: އަނަޑޯލޫ
ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނީ ހަ މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ޒުވާން އަންހެން ކުއްޖެއް ވެސް ހިމެނޭ ކަމަށް - ފޮޓޯ: އަނަޑޯލޫ
ޝާޓީ ރެފިއުޖީ ކޭމްޕްގައި އދ.ގެ އުންރްވާ އިން ހިންގާ އަސްމާ ސްކޫލަށް އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާދިން ފަހުން މީހުން ހިތާމަ ކުރަނީ - ފޮޓޯ: އަނަޑޯލޫ