Advertisement
ކ. މާލެ
|
11 މެއި 2021 | އަންގާރަ 23:20
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް- ރައީސް ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރި ކުރައްވާފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް- ރައީސް ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރި ކުރައްވާފައި
ރައީސް އޮފީސް
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތައް
އިޒްރޭލުން މުގުރަމުން އެދަނީ ބައިނަލްއަޤުވާމީ ޤާނޫނުތައް: ރައީސް
ގަދަބާރުން ޝެއިޙް ޖައްރާއިން ފަލަސްތީނުގެ އާއިލާތައް ނެރެމުންދާކަމަށް ވިދާޅުވި
މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާވެސް ޚިލާފު ކަމެއްކަމަށް ރައީސް ސޯލިޙު ވަނީ ވިދާޅުވެފައި
ރާއްޖެއިން އިޒްރޭލުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވި

އަލްއަޤްސާ މިސްކިތާއި ފަލަސްތީނުގެ މުސްލިމުންނަށް އަމާޒުކޮށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ދެމުންގެންދާ ޙަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަދަބާރުން ޝެއިޙް ޖައްރާއިން ފަލަސްތީނުގެ އާއިލާތައް ނެރެމުން ދިއުމާއި، އަޤްސާ މިސްކިތް އިމާރާތުގައި މުސްލިމުން އަޅުކަމުގައި ތިއްބައި ޙަމަލާތައް ދިނުން ފަދަ ކަންކަން އިޒްރޭލުން ކުރަމުންދާ ކަމަށެވެ. އަދި މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާވެސް ޚިލާފު ކަމެއްކަމަށް ރައީސް ސޯލިޙު ވަނީ ވިދާޅުވެފައެވެ.

Advertisement

އޭގެ އިތުރުން، ރާއްޖެއިން ފަލަސްތީނާއެކު ވާކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން އިޒްރޭލުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކުގައި ޔަހޫދީ ސިފައިން ވަނީ އަގްސާއަށް ވަދެ އެތަނުގައި ނަމާދަށް ތިބި މުސްލިމުންނަށް ހަމަލާދީފައެވެ. ރަބަރު އުންޑައާއި ކަރުނަގޭހާއި އަތުބޮން ބޭނުންކޮށްގެން ދިން ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޒަޚަމްވެ، ގިނަ ބައެއްގެ ފުރާނަ ގޮސްފައިވެއެވެ.

މި ހަމަލާތަކަކީ އިސްރާއީލުން ފާހަގަކުރާ ޖެރޫސަލަމް ދުވަހާއި ގުޅިގެން ޔަހޫދީ ވަޒަންވެރިން ކުރިއަށް ގެންދިއުމަށް ރޭވި ޚާއްސަ ހިނގާލުމާ ދިމާކޮށް ދިން ހަމަލާތަކެކެވެ. މި ދުވަސް ފާހަގަ ކުރަނީ، މެދުއިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން ނުހައްގުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތުމަށް އަހަރުފުރޭ ދުވަހުގެ ގޮތުގައެވެ. މިދުވަހުގެ ޚާއްސަ ހިނގާލުމަކީ ގަދަބާރުން ޔަހޫދީން އަތުލައިގެންފައިވާ ބިންތަކުގެ މައްޗަށް އެމީހުން ބޮޑާވާކަން ދެއްކުމުގެ ގޮތުން ކުރިއަށްގެންދާ ހިނގާލުމެކެވެ.

ޔަހޫދީން މި ހިނގާލުން ރޭވީ ޝެއިޚް ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެމީހުންގެ ގޯތިގެދޮރުން ގަދަބާރުން ނެރެލުމަށް ޔަހޫދީން ކުރާ މަސައްކަތާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް