ކ. މާލެ
|
10 މެއި 2021 | ހޯމަ 11:48
އާރްއާރްޓީ ޓީމު ހަރަކާތްތެރިވަނީ
އާރްއާރްޓީ ޓީމު ހަރަކާތްތެރިވަނީ
igmh
ކޮވިޑް-19އިން ރައްކާތެރިވުން
މަގޭ ރިޕޯޓް: މަރުގެ ތުންފަތް މައްޗަށް ދާން މިހާރު ނަގަނީ އެންމެ 10 ދުވަސް!
 
ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު ވެސް ވަނީ ރިކޯޑު އަދަދަކަށް އިތުރުވެފައި
 
ކުރިއާ ޚިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސީރިއަސްވޭ
 
ރާއްޖެ މިވަނީ ކޮވިޑްގެ 4 ވަނަ ރާޅަކާއި ކުރިމަތިލާފައި

މިދިޔަ އަހަރު ފެށުނީއްސުރެ ދިވެހިން މިދަނީ ކޮވިޑްގެ ނުރައްކަލާއި ހަނގުރާމަކުރަމުންނެވެ. ރެޔާއި ދުވާލު މާސްކް އަޅައި ސެނެޓައިޒްކުރުމުގެ އާދަ މުޖުތަމައުގައި ވަނީ އަށަގެންފައެވެ. ދޭތެރެ ދޭތެރެއިން ކޮވިޑްގެ ބިޔަ ރާޅުތައް ނަގައި އޭގެ ނުރައްކާ ފެތުރިގެން ދިއުމުން ކުރިން މި ދެންނެވި އާދަތައް ހަނދާންނެތިފައި ތިއްބާ އަލުން އެކަމަށް ރުޖޫއަ ވެވިދެއެވެ. ނުރައްކާ ބޮޑުވާ ވަގުތު މަތިމަތިން ތިން މާސް އަޅައި، ސެނެޓައިޒާއިން ފެންވަރާހެން އެ ހާކާ މީހުންވެސް ފެނެއެވެ. އެހެންނަމަވެސް، ރާޅުގެ ބާނިތައް ކުޑަވެ ކޮންމެވެސްވަރަކަށް މަސަލަސްވުމުން މިވެރިންނަށް ހީވަނީ ބިރުވެރިކަން ނެތިގޮސް އަމާންވީ ކަމަށެވެ. ދެން އެ ބިރުވެރި "ކޮރޯނާ" ނާންނާނެކަމަށެވެ.

މި ވައިރަސް އިންސާނުންނަށްވުރެ މާ މަކަރުވެރިއެވެ. އެއްފަހަރަށްވުރެ އަނެއްފަހަރު އަންނަނީ ޝާނާއިޝައުކަތުގައެވެ. މެކުހަށް ޖަހައިގެންނެވެ. މިކަން އަޅުގަނޑުމެން މިކިޔާ ކޮވިޑްގެ އެއް ރާޅަށް ފަހު އަނެއް ރާޅެއްގެ ބާރަށް ބަލައިލުމުން އަންދާޒާކޮށްލެވޭނެއެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ފެނުނު ކޮވިޑްގެ ވޭރިއެންޓްތަކަށް މަސައްކަތްކުރާ ވެކްސިން އުފެއްދުމުގައި އިންސާނުން ކާމިޔާބު ހާސިލުކުރިއަސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްވެސް ވެކްސިނަކަށް ނުގުޑާ ވޭރިއަންޓްތައް ދަނީ ފާޅުވަމުންނެވެ. އެސްޓްރަޒެނެކާއެއް ފައިޒާއެއް ކޮވިޝީލްޑެއް ކިޔާނެ ކަމެއް ނެތެވެ. މީން ވިކްސިނެއް ކަހިރުވަކަކަށްވެސް ނުހަދައެވެ. މިއީ ހަގީގަތުގައި ވަރަށް ބިރުވެރި ކަމެކެވެ. ބިރުގަންނަން ޖެހޭވެސް ކަމެކެވެ. އެކަމަކު މި ބިރު އިހުސާސްކުރާ ބަޔަކު އެބަތިބި ބާވައެވެ. ނެތެވެ، ނުފެނެއެވެ. މިކަން މި ދިވެހި މުޖުތަމައަށް ބަލާލުމުން މޭރުންވެއެވެ.

ރާއްޖެއަށް ބަލާނަމަ މިހާރު ހަނގުރާމަކުރަމުން މިދަނީ ކޮވިޑްގެ 4 ވަނަ ރާޅާއެވެ. ރާޅުގެ ބާނިތައް މީގެ ކުރީގެ ބާނިތަކަށްވުރެ އުހެވެ. ބިޔައެވެ. އޮބިނޯވެއެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތުންވެސް މިކަން ހާމަވެއެވެ. އެއްފަހަރު ކޮވިޑް ޖެހިފައިވާ މީހުންނަށް ދެ ވަނަ ފަހަރުވެސް ތިން ވަނަ ފަހަރުވެސް ޖެހެނީއެވެ. ހަމަ ގާތްގާތުގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިއަދު އާންމުން ވަނީ ހޭނިފައެވެ. މާސްކް އަޅައި ގައިދުކުރުކޮށް ސެނިޓައިޒްކުރަން ނޭނގޭ މީހަކު މިއަދު ނުހުންނާނެއެވެ. އެކަމަށް ރެއާއި ދުވާލު ޓީވީތަކާއި ރޭޑިއޯތަކުން ގޮވަމުންދަނީއެވެ. ސްކޫލްތަކާއި އޮފީސްތަކުގައި މިކަން އާދަކުރަން އޮތީ މަޖުބޫރުވެސް ކުރެވިފައެވެ.

މިއީ ކަން އޮންނަންޖެހޭގޮތެވެ. އެހެންނަމަވެސް ހަގީގީ މަންޒަރު މުޅިން ތަފާތެވެ. ރައްޔިތުންގެ ހިތުގައި ކޮވިޑަށް އިހު އޮތް ބިރުވެރިކަން މިހާރަކު ނެތެވެ. މާބޮޑަށް ހޭނުނީއެވެ. މި ބައްޔަކީ އާދައިގެ ރޯގާއެއްކަމަށް ބަލައި ޖެހެންޏާ ޖެހެން ދޫކޮށްލައިގެން ތިބެވެނީއެވެ. މިއީ ހިތާމަހުރި ކަމެކެވެ. އެވެރިން ބުނަނީ ޒުވާނުން ތިބީ އަދި ތިބޭނީވެސް ސަލާމަތުން ކަމަށެވެ. އެހެންވެ މާސްކް ނާޅައި ބޭރަށް ދިއުން އެއީ "ކޫލް" ކަމެކެވެ. ގައިގޯޅިވެ ކުރާ ހުރިހާކަމެއް ކުރިއެކޭވެސް އެއްގޮތަށް ކުރަން އެވެރިންގެ އެއްވެސް ބިރެއް ނެތެވެ. ޒުވާނުންވީމައެވެ. ކަށި ނޫވީމައެވެ.

ހަގީގަތަކީ މިކަމުގެ ނުރައްކަލުން ވަކި އުމުރެއް ވަކި ޖިންސެއް ތަފާތު ނުވާކަމެވެ. ތެދެކެވެ. ގިނައިން މި ބަލީގައި ނިޔާވަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެހެންނަމަވެސް މި ބަލީގައި ނޭވާ ނުލެވި ފުއްޕާމޭ މުޅިން ހަލާލުވެ ނުކުޅެދޭ ހާލަތަށް ގޮސްފައިވާ އެތަކެއް ޒުވާނުން އެބަތިއްބެވެ. ރާއްޖޭގެ ހާލަތު ގޯސްވެފައިވާކަން އެންމެ ބޮޑަށް މިހާރު އަންގައިދެނީ ދުވާލެއްގެ މައްޗަށް ރިކޯޑްކުރާ ކޭސްތަކުގެ އަދަދުންނެވެ. މަގުމަތީގައި އެކަލަ ޕީޕީއީ ލައިގެން ތިބެ ރެންޑަމް ސާމްޕަލް ނެގުން ގާތްގަނޑަކަށް ހުއްޓިފައިވާ މި ރޯދަމަހުގައިވެސް ދުވާލެއްގެ މައްޗަށް ހާހަކާއި ގާތްކުރާ ވަރަށް ކޭސްތައް ވަނީ އިތުރުވެފައެވެ. ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ ބިރުގަންނަންޖެހޭ މިންވަރަށް އިތުރުވަމުންނެވެ.

މި ބަލީގައި އާންމުގޮތެއްގައި ނިޔާވަނީ އައިސީޔޫގައި ފަރުވާދޭމީހުންނެވެ. އެ މީހުންގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ކުރިއާ ޚިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސީރިއަސްވަމުން ދާކަމަށް ވިދާޅުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ. ކުރިން މި ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް ކޮވިޑްގެ އައު ރާޅާއެކު ހާލަތު މިހާރު ވަނީ ބަދަލުވެފައެވެ. ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު ވެސް ވަނީ އިތުރެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ 211 ކުއްޖަކަށް މި ބަލިޖެހިގެން އަންނަނީ ފަރުވާ ހޯދަމުންނެވެ. އައިސީޔޫގައި ފަރުވާ ހޯދާ ގިނަ މީހުންނަކީ ވެކްސިންވެސް ޖަހާފައިނުވާ މީހުންނެވެ.

އެކަމަކު މިހާރު މި އައި ސާޖާ އެކީގައި ޒުވާނުން ވެސް ވަރަށް ގިނައިން ސީރިއަސް ހާލަތަށް އެބަދޭ. މިކަމަށް ސަމާލުވާންޖެހޭ. ބަލި ސީރިއަސްކޮށް ނަގަންޖެހޭ. ވެކްސިން ޖެހުމަށް ޚާއްސަ ސަމާލުކަމެއް ދޭން އެބަޖެހޭ. އެއީ މިކަމުން ސަލާމަތްވުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް.
ޑރ. މުހައްމަދު އިސްމާއިލް

ޑރ. މުހައްމަދު އިސްމާއިލް ވަނީ އައިސޫއަށް ލުމާއި ބަލީގެ އަލާމަތްތައް ފެނުމާއި ދޭތެރޭ އައު ޕެޓާނެއް ފެނިފައިވާކަމަށް ވިދާޅުވެފައެވެ. ކުރިއާއި ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވެއެވެ. އަމިއްލައަށް ނޭވާ ނުލެވި ވެންޓިލޭޓަރަށް ލާންޖެހޭ މީހުން އިތުރުވެފައިވާއިރު، ބަލިޖެހޭ މީހުންގެ ހަށިގަނޑުގެ ގިނަ ގުނަވަންތަކެއްގައި މައްސަލަ ޖެހެއެވެ. މެޝިނުން ނޭވާލެއްވިޔަސް އޮކްސިޖަން ދާންޖެހޭ ހިސާބަށް ގުނަވަންތަކަށް ފޯރުނުކޮށްދެވުމަކީ މިހާރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވާ ސަބަބެކެވެ. ފަހަކަށް އައިސް ކިޑްނީގެ މައްސަލަ ޖެހި ޑައިލިސިސް ހަދަން ޖެހުމުން މީހާ ބަލިކަށިވެ ދުނިޔެ އަޅާދާމީހުން ގިނަކަމަށް ވެސް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ޑރ. މުހައްމަދު އިސްމާއިލް - ހެލްތު މިނިސްޓްރީ
ކުރިއާއި ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވޭ. މިހެން ވުމުން ކުއްލިއަކަށްވެސް ވެންޓިލޭޓަރަށް ލާންޖެހޭތަން އާދޭ. މެޝިނުން ނޭވާލެއްވިޔަސް އޮކްސިޖަން ދާންޖެހޭ ހިސާބަށް ގުނަވަންތަކަށް ފޯރުނުކޮށްދެވުމަކީ މިހާރު ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވާ ސަބަބެއް. މިފަހަކަށް އައިސް ކިޑްނީގެ މައްސަލަ ޖެހި ޑައިލިސިސް ހަދަން ޖެހުމުން މީހާ ބަލިކަށިވެ ދުނިޔެ އަޅާދާމީހުން ގިނަ.
ޑރ. މުހައްމަދު އިސްމާއިލް

މި ހިއްސާކޮށްލެވުނީ ކޮވިޑްގެ ބިރުވެރި މަންޒަރު އޭގެ އެންމެ ބިރުވެރި ސިފައިގައި ފެންނަ އައިސީޔޫގެ ވާހަކައެވެ. މިއަދު އެތަންތަން ވަނީ ބިރުވެރިކަމުން ފުރިފައެވެ. ތަން ފުރޭވަރަކަށް ފައިސާ ހުރިއްޔާ އެނދު އިތުރު ކުރެވިދާނެއެވެ. ގައުމު ދަރަނިވެރިވެގެން ވެސް އެނދު އިތުރުކޮށް ބުރިބުރިއަށް ބަލި މީހުން އަރުވައި ކޮވިޑްގެ ހާއްޔަކަށް ހެދިދާނެވެ. އެކަމަކު މިކަމުން ސަލާމަތްވާން އޮތް މަގު ނިކަން ފަސޭހައެވެ. ކުރަން ޖެހެނީ ދެތިން ކަމެކެވެ. މިހާރު ދެން މީ އައު ކަމެއްްވެސް ނޫންތާއެވެ. އެހެންނަމަވެސް، މިއަދު ސަމާލުވާންވީ މިއާދަތައް ޒިންމާދާރު ކަމާއެކު ގައުމީ ރޫހުގައި ކުރުމަށެވެ. ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި "ފަރުދީ ޒިންމާ"ގެ ހަގީގީ ރޫހު ނެރެމާ ހެއްޔެވެ. އަނގަޔާއި ނޭފަތް ނިވާވާނެހެން މާސްކް އަޅަމާ ހިނގާށެވެ. ގިނަ ގިނައިން ސައިބޯނިލައިގެން އަތްދޮވެ ސެނިޓައިޒް ކުރަމާ ހިނގާށެވެ. އަދި އެންމެ މުހިންމު ކަމަކަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުގޮސް ރައްކާތެރިކަމާއެކު ގޭގައި ތިބެމާ ހެއްޔެވެ. އިރާދަކުރެއްވިއްޔާ މި އުދަބާނިތަކުން މިންޖުވެ ސަލާމަތު އައްސޭރިއަކަށް ދެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
9%
2%
73%
2%
2%
11%
ކޮމެންޓް
10 މެއި 2021 | ހޯމަ 21:07
ަައަލީ
ހާދަ އަސަރުން ފުރިގެންވާ ރިޕޯރޓެކޭ، ބިލްގޭޓުގެ ވެކްސިން އަދިވެސް ވާވަރަށް ނުޖެހިގެން މިއުޅެނީ އޭނަ ބޭނުން ވާވަރަށް
10 މެއި 2021 | ހޯމަ 20:19
ޙހހ
ޒިންމާ ނަގަންޖެހެނީ މަޚްލޫފް. އާވޭރިއަންޓުން މީހުން މަރުވަމުން ދަނީ އެ ގެންނަން ހުއްދަ ދިނީ މަޚްލޫފް
10 މެއި 2021 | ހޯމަ 19:43
ޢަޖޭ
އޮފީސްތަކައް މީހުން ނެރެނީ.ނުބަލާ ކޮވިޑަކައް.ޕްރައިވެޓް އޮފީސްތަކައް ދާންޖެހޭ ދެން ކިހިނެއް ގޭގާ ތިބެނީ
10 މެއި 2021 | ހޯމަ 13:16
ހުސައިން ސަރިފް
މިލިޔުމުގައި އަސަރު ގެނެސްދިނުމަށް ދޮގު މަޢުލޫމާތު ގެނެސްދީފައި އެބަހުރި (3 މާސްކު މަތިމަތިން އަޅާ ވާހަކަ). ބޭނުންކޮށްފައި ހުރި ހުރިހާ މަޒާޖެއް ބޭނުންކޮށްފައި ހުރީ ޙާލަތާ ނުގުޅޭގޮތަށް. ބަސްކޮށާރުގެ މައްސަލަ އެބަހުރި. (މަސަލަސް، ޝާނާއި ޝައުކަތު، މެކުހަށްޖެހުން). ޖުމްލަ ބިނާކުރުމުގައި ބަސްތައް ތަރުތީބުކޮށްފައި ހުރީ ގިނައިން ނުބައިކޮށް. ރާއްޖެއެމްވީ އިން މި ފަދަ ދަށް ފެންވަރުގެ ލިޔުމެއް އަދި ނުކިޔަން.