Advertisement
ކ. މާލެ
|
7 މެއި 2021 | ހުކުރު 23:55
އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އައްފާލު
އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އައްފާލު
ރާއްޖެ އެމްވީ
ރައީސް ނަޝީދަށް ދިން ހަމަލާ
ޓީމާމެދު ފަޚުރުވެރިވޭ: އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ
ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފަރުވާދެމުންދާ ޓީމާމެދު ފަޚުރުވެރިވާ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އައްފާލު ވިދާޅުވެއްޖެއެވެ.

Advertisement

ހުކުރު ދުވަހުގެ ރޭ އައްފާލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ފަރުވާދިނުމަށް މަސައްކަތް ކުރަމުންދާ މެޑިކަލް ޓީމުގެ ހިތްވަރާއި މަސައްކަތާމެދު ފަޚުރުވެރިވާ ކަަމަށެވެ. މިފަދަ ޓީމަކާއެކު މަސައްކަތް ކުރުމަށް ލިބުމަކީ ވެސް އުފަލެއް ކަމަށެވެ. އައްފާލު ވަނީ ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް އެމަނިކުފާނު ގެންގޮސްފައިވާއިރު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެމަނިކުފާނުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ހަމީދު ވިދާޅުވީ މިހަމަލާ ދީފައިވާ ގޮތާއި ހަމަލާ އަމާޒުވެފައިވާ ގޮތަށް ބަލާއިރު މިއީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓު ހަމަލާއެއްކަން ހާމަވާކަމަށެވެ.

މިހަމަލާގެ ރިޕޯޓް ލިބުނު ހިސާބުން ފެށިގެން މިހާތަނަށް ވެސް ފުލުހުން ދަނީ މިކަން އެންމެ ސީރިއަސް އަދި އެންމެ އިސްކަންދޭ މައްސަލައިގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުން ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް