Advertisement
ކ. މާލެ
|
7 މެއި 2021 | ހުކުރު 23:51
ރައީސް ނަޝީދު
ރައީސް ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދަށް ދިން ހަމަލާ
ރައީސް ނަޝީދަށް އެރުވުނު ފަރުވާ ކާމިޔާބު ކަމަށް ރައީސް ސާލިހު ވިދާޅުވެއްޖެ
އޭޑީގެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މުވައްޒަފުންނަށް ރައީސް ޝުކުރު އަދާކުރެއްވި

އެއްޗެއް ގޮއްވާލައިގެން ބަޔަކު ދިން ހަމަލައަށް ފަހު ރައީސް މުހައްމަދު ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި އެރުވުނު ފަރުވާ ކާމިޔާބު ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީީ އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންް ކުރިއަށްވުރެ ވެސް ވަރުގަދަކޮށް ނަޝީދު އެނބުރިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ސާލިހު ވިދާޅުވިއެެވެ.

ރައީސް ނަޝީދުގެ ހާލަތާއި ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލުން އެންމެ ފަހުން ބުނެފައިވަނީ އެންމެ ފަހު އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ. ފާއިތުވި 16 ގަޑިއިރުގެ ތެރޭގައި ރައީސް ނަޝީދުގެ އިސްތަށިފުޅުގެ އޮޕަރޭޝަނަކާއި، މޭމަތިފުޅުގެ އޮޕަރޭޝަނެއްގެ އިތުރުން ގޮހޮރުގެ އޮޕަރޭޝަނަކާއި އަތާފައިގެ އޮޕަރޭޝަނަކާއެކު ޖުމްލަ ހަތަރު އޮޕަރޭޝަނެއް ކޮށްފައިވެއެވެ.

ރައީސް ނަޝީދަށްް ލިބިވަޑައިގެންނެވި ޒަޚަމްތަކާ ގުޅިގެން މިހާތަނަށް ކުރި އޮޕަރޭޝަންތަކުގެ ތަފްސީލެއް އޭޑީކޭއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަަޝީދުގެ އާއިލާއިން ވަނީ އެމަނިކުފާނުގެ ހާލުކޮޅު މުޅިން ރަނގަޅުވުމަށް ދުވަސް ނަގާނެ ކަމަށް ބުނެފައެވެ.

މަޖީދީމަގާއި ނީލޯފަރު މަގު ގުޅޭ ސަރަހައްދުގައި ދިން ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ 3 ބޮޑީގާޑަކަށާއި އެ ސަރަހައްދުގައި އެވަގުތު ހުރި އާންމު މީހެއްގެ އިތުރުން އެހެން މީހަކަށް ވެސް ވަނީ އަނިޔާވެފައެވެ. ހާދިސާގައި ޒަޚަމްވި އެހެން މީހުންނަށް ވެސް އޭޑީކޭގައި ފަރުވާ ދެމުންދާއިރު ފުލުހުންނާއި ސިފައިން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް