ކ. މާލެ
|
4 މެއި 2021 | އަންގާރަ 20:26
އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތައް ފުރި ފަރުވާދިނުން ވަނީ ދަތިވެފައި
އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތައް ފުރި ފަރުވާދިނުން ވަނީ ދަތިވެފައި
ސްކައި ނިއުސް
އިންޑިއާގެ ކޮވިޑް-19ގެ ހާލަތު
އިންޑިއާގެ ކޭސްތައް 20 މިލިއަނަށްވުރެ މައްޗަށް، ސިއްހީ ނިޒާމު ފުނޑުފުނޑުވަނީ!
 
އިންޑިއާއަށް ކުރިމަތިވެފައިވާ އޮކްސިޖަނުގެ ދަތިކަމަށް އަދިވެސް ހައްލެއް ނުލިބޭ
 
އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 223,284ށް އަރާފައި
 
އިންޑިއާއިން 20,400,852 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯހުން ގޯހަށް ގޮސް އެގައުމުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާގެ ކޭސްތަކުގެ އަދަދު ދަށްވަމުން އަންނަ ކަމަށް އެގައުމުގެ ސަރުކާރުން ބުނި ނަމަވެސް ކަމުގެ މާހިރުން ދަނީ އިންޑިއާގެ ކޮވިޑްގެ ކޭސްތަކާއި ބަލީގައި ހާލުސީރިއަސްވެ މަރުވާ މީހުންގެ އަދަދު ދަށްނުވާ ކަމަށް ބުނަމުންނެވެ.

މިހޮނިހިރު ދުވަހުވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. ހޮނިހިރު ދުވަހު 401،993 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ.

ފާއިތުވި 24 ގަޑިއިރު 357،229 މީހުން ޕޮޒިޓިވްވި އިރު، 3،449 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އެގައުމުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 20،400،852ށް އަރާފައިވާއިރު، 223،284 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 16،716،794 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ބައްޔަށް ފަރުވާހޯދަމުންދަނީ 3،460،774 މީހުންނެވެ.

އަންގާރަ ދުވަހު އިންޑިއާއިން ފެނުނު ކޭސްތަކުގެ އަދަދު ދަށްނަމަސް އެގައުމުން ބައްޔަށް ޓެސްޓުކުރާ ވަރު ދަށްވެފައިވާތީ މިހާރު ހާމަވެފައިވާ ނަންބަރުތަކަށްވުރެ އިންޑިއާގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވާނެ ކަމާ ބެހޭ މާހިރުން ލަފާކުރެއެވެ. އަދި އެކަށީގެންވާ ވަރަށް މީހުން ބައްޔަށް ޓެސްޓު ނުކުރެވުމަކީ މިހާރު އިންޑިއާއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށް ފާހަގަކުރެއެވެ.

އިންޑިއާގެ ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށްވަމުން ދާކަމަށް ދެއްކި ނަމަވެސް ކޮވިޑްގެ ދެވަނަ ރާޅާއި އެކު އެގައުމުން ކުރިމަތިލާފައިވާ އޮކްސިޖަނުގެ ދަތިކަމަށް އަދިވެސް ހައްލެއް ނުލިބެއެވެ. ކޭސްތައް ދަށަށްދާން ފެށިނަމަވެސް މި މައްސަލައަށް އަވަސް ހައްލެއް ނުލިބޭނެ ކަމަށް މާހިރުން ބުނެއެވެ. އެގައުމުގެ ހޮސްޕިޓަލްތައް ތޮއްޖެހި އޮކްސިޖަން ނުލިބުމުގެ ސަބަބުން ބަލިމީހުންނަށް އެކަށޭނަ ގޮތުގައި ފަރުވާ ނުދެވި ބަލީގައި ހާލަތު ސީރިއަސްވެ މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ހޮސްޕިޓަލްތައް ތޮއްޖެހި ސިއްހީ ނިޒާމަށް ނުކަތާވަރަށް މީހުން ބަލިވަމުންދާތީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދުގެ ސިއްހީ ނިޒާމު މިހާރު ވަނީ ފުނޑުފުނޑުވާން ކައިރިވެފައެވެ.

ބަލިމީހުން އެޑްމިޓްކޮށް ފަރުވާދެވޭނެ އެނދު ހޮސްޕިޓަލްތަކުން ހުސްވެފައިވާއިރު، ބައްޔަށް ޓެސްޓުކޮށް ޑައިގްނޯޒްކުރުމުގެ ކަންތައް ވަނީ މަޑުޖެހެން ފަށައިފައެވެ. އަދި ބައްޔަށް ފަރުވާދޭން ބޭނުންވާ ބޭހުގެ ސަޕްލައި ދައްވަމުން އަންނަކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިހާރު އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ރާޅުން ރައްކާތެރިވުމަށް އެގައުމުގެ 11 ސްޓޭޓެއްގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ނަމަވެސް މުޅި ގައުމު ލޮކްޑައުނަކަށް ގޮސްފިނަމަ ކުރިމަތިވާނެ އިގްތިސާދީ ކާރިސާއަކަށް ވިސްނައި މަރުކަޒީ ސަރުކާރު ދަނީ އެކަމަށް ފަސްޖެހެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
5%
79%
16%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި