ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
އެމީހާއަކީ ވިލިމާލޭ ކަސްޓޯޑިއަލް ފެސިލިޓީގައި ބަންދުގައި ހުރި ބިދޭސީއެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މިކަމާ ގުޅޭ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.