ކ. މާލެ
|
2 މެއި 2021 | އާދީއްތަ 18:01
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - އަތޮޅު ތެރޭގެ ކޭސްތައް ގިނަވެ ރައްކާތެރިކަމުގެ ގޮތުން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - އަތޮޅު ތެރޭގެ ކޭސްތައް ގިނަވެ ރައްކާތެރިކަމުގެ ގޮތުން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި
އެޑިޝަން.އެމްވީ
ރަށްރަށުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުން
ޒަރޫރީ ބޭނުންތަކުގައި ފިޔަވައި މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އަންގައިފި
ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށްޓަކައި މެނުވީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށްވަނީ އަންގާފައި
އަތޮޅު ތެރޭގައި މިވަގުތުވެސް 1500ށް ވުރެ ގިނަ އެކްޓިވް ކޭސް ހިމެނޭ
4 މޭ 2021 ން ފެށިގެން، 1 ހަފުތާގެ މުއްދަތަށް އަތޮޅު ތެރޭގައި ފިޔަވަޅު އަޅަން ވަނީ ނިންމާފައި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި އެއް ހަފުތާގެ މުއްދަތަކަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގެވުމުގައި ވަނީ އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި 4 މޭ 2021 ން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މާލެއާއި ވިލިގިއްޔާއި ހުޅުމާލެއާއި ގުޅިފަޅާއި ތިލަފުށި ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރުމުގައި ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގުންތަކަކީ

1 - ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށްޓަކައި މެނުވީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުން.

2 ޚާއްސަ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދިނުން.

އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވަނީ މި ފިޔަވަޅުތައް އެޅިނަމަވެސް ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި އަންގާ ގޮތެއްގެ މަތީން އަމަލު ކުރެވޭނެ ކަމަށެވެ. އަދި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށެވެ. މި ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ. މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކު ރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އަތޮޅު ތެރޭގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ އިރު އަތޮޅު ތެރޭގެ ރަށްރަށުގައި މިހާރު ވެސް 1500ށް ވުރެ ގިނަ އެކްޓިވް ކޭސްތައް ހިމެނެއެވެ.

- ކޮމެންޓް