ކ. މާލެ
|
2 މެއި 2021 | އާދީއްތަ 14:53
ޖިންސީ ފުރައްސާރައާ ދެކޮޅާށް ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ބައިވެރިންނަށް އަނިޔާކުރި ކަމަށް ބުނޭ
ޖިންސީ ފުރައްސާރައާ ދެކޮޅާށް ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ބައިވެރިންނަށް އަނިޔާކުރި ކަމަށް ބުނޭ
ސޯޝަލް މީޑިއާ
ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރި މުޒާހަރާ
އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާމެދު އެޗްއާރްސީއެމުން ކަންބޮޑުވުން ފާޅުކޮށްފި
މި މައްސަލަ އެންޓި-ޓޯޗަރ ގާނޫނުގެ ދަށުން ތަހުގީގުކުރުމަށް އެޗްއާރްސީއެމުން ވަނީ ނިންމާފައި
އެޗްއާރްސީއެމުން ބުނީ، އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއްކަމަށް
މި އެއްވުމަކީ ރައިޒް އަޕް އެމްވީ މޫވްމަންޓުން އިންތިޒާމުކޮށްގެން ޖިންސީ ފުރައްސާރައާ ދެކޮޅަށް ބޭއްވި އެއްވުމެއް

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާމެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރަސްފަންނު ސަރަހައްދުގައި ރައިޒް އަޕް އެމްވީ މޫވްމަންޓުން އިންތިޒާމުކޮށްގެން ޖިންސީ ފުރައްސާރައާ ދެކޮޅަށް ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރި ކުރުމާ ގުޅޭގޮތުން އެޗްއާރްސީއެމުން ބުނީ، އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގަކަށްވާއިރު މި ހައްގުގެ ބޭނުން ކުރެވޭނެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހޭނެ ކަމަށެވެ.

މި އެއްވުމުގެ ބައިވެރިން ވަނީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފުރައްސާރައިގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ނުލިބޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.

ފުލުހުން މި މުޒާހަރާ ހުއްޓުވީ ކޮވިޑް-19ގެ މިހާލަތުގައި ފަސް މީހުންނަށް ވުރެ ގިނައިން މާލެ ސަރަހައްދުގައި އެއްވެ އުޅުމަކީ އެޗްޕީއޭ އިން މަނާކޮށްފައިވާ ކަމެއް ކަމަށް ބުނެ ނަސޭހަތް ދިނުމަށްފަހު އެވެ. އެގޮތުން އެއްވުން ރޫޅުމަށް ފުލުހުންވަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ. މި މުޒާހަރާ ކޮންޓްރޯލްކުރުމުގެ ތެރޭގައި ބައެއް މީހުނަށް އަނިޔާ ލިބިފައިވެއެވެ.

އެއާއެކު ގިނަ ބަޔަކު އަންނަނީ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ ބެހޭ ގޮތުން ނުރުހުން ފާޅު ކުރަމުންނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުން އަންނަނީ އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރީ ހާލަތާއި ނުބައްދަލު މިންވަރަށް، ފުލުހުންގެ މިންގަޑުތަކާ ޚިލާފަށް ކަމަށެވެ.

މި މައްސަލަ އެންޓި-ޓޯޗަރ ގާނޫނުގެ ދަށުން ތަހުގީގުކުރުމަށް އެޗްއާރްސީއެމުން ވަނީ ނިންމާފައެވެ.

- ކޮމެންޓް