ކ. މާލެ
|
2 މެއި 2021 | އާދީއްތަ 11:57
އިބްރާހީމް ރަޝީދު (ބޮންޑާ) - ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ޖޭޕީގެ ވަޒީރުންނަށް ފާޑުކިޔުންތައް އަމާޒުކުރައްވާ
އިބްރާހީމް ރަޝީދު (ބޮންޑާ) - ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ޖޭޕީގެ ވަޒީރުންނަށް ފާޑުކިޔުންތައް އަމާޒުކުރައްވާ
ރައްޔިތުންގެ މަޖިލިސް
ބޮންޑާގެ ފާޑުކިޔުން ގާސިމަށް
ވަރީޒުންގެ މަޖިލީހަށް އަންނަ ބަދަލުތަކުގެ ވާހަކައާއެކު ބޮންޑާގެ ފާޑުކިޔުން ގާސިމަށް
ޖޭޕީ ޖެހޭނީ ކޯލިޝަނުން ވަކިވާން
ޖޭޕީގެ ވަޒީރުންނަށް ވުޒާރާތައް ނުހިންގޭ

ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާއަށް ކުނި ވުޒާރާ ނުހިންގޭނެ ކަމަށް ވިދާޅުވެ މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ)، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ފާޑުވިދާޅުވެއްޖެއެވެ.

މާފުށީގޮނޑުގައި ކުނިއަންދާ ވީޑިއޯކާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯލިޝަންގެ ބައިވެރިޔާގެ ރިސޯޓަށް ގެސްޓުން އޮލަވާގޮތަށް، ރަށު ޓޫރިޒަމް ކުނިވާގޮތަށް ނޫނީ ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާއަށް ކުނި ވުޒާރާ ނުހިންގޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އިލްތިމާސަކަށް ވެސް ނުގުޑާނެ ކަމަށާއި، ޖެހޭނީ ވަކިވާން ކަމަށް ވިދާޅުވެފައިވެއެވެ.

ކުނި މެނޭޖްކުރުމުގެ މެންޑޭޓް އޮންނަ އެންވަޔަރުމަންޓް މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީގެ ސްލޮޓަކީ، ޖުމްހޫރީ ޕާޓީއަށް ދީފައި އޮންނަ ސްލޮޓްތަކެވެ. ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ފަށްޓަވާފައިވާއިރު، އެންވަޔަރުމަންޓް މިނިސްޓްރީގެ ވަޒީރު ކަމުގައި ހުންނެވި، ޖުމްހޫރީ ޕާޓީގެ ޑރ. ހުސައިން ރަޝީދު ހުސައިން އެ މަގާމުން ބަދަލު ކުރައްވައި އެމްޑީޕީގެ ބޭފުޅަކު އެ މަގާމަށް އައްޔަންކުރައްވަން އުޅޭކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތައް އާދީއްތަ ދުވަހުގެ މެންދުރުފަހުން އިއުލާން ކުރައްވާނެ ކަމަށް ބެލެވެއެވެ.


Advertisement
- ކޮމެންޓް