Advertisement
ކ. މާލެ
|
2 މެއި 2021 | އާދީއްތަ 10:35
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު- ސީޕީ ވިދާޅުވީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސްއިން އެކަން ތަހުޤީޤު ކުރަމުންދާކަމަށް
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު- ސީޕީ ވިދާޅުވީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސްއިން އެކަން ތަހުޤީޤު ކުރަމުންދާކަމަށް
ރައީސް އޮފީސް
ރައިޒް އަޕް އެމްވީ މޫވްމަންޓުގެ މުޒާހަރާ
މުޒާހަރާ ރޫޅާލި ގޮތުގެ ފުރިހަމަ އިންކުއަރީއެއް ހަދަން އަންގައިފިން: ސީޕީ
ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން
މުޒާހަރާގެ ކަންކަން ދިޔަ ގޮތުގެ ފުރިހަމަ އިންކުއަރީއެއް ހަދާނެ
ދުވާލެއްގެ މައްޗަށް ރެކޯޑު އަދަދުތަކުން ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުން

ޖިންސީ ފުރައްސާރައާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ރަސްފަންނު ސަރަހައްދުގައި ބޭއްވި އެއްވުން ރޫޅާލާފައިވާ ގޮތުގެ ފުރިހަމަ އިންކުއަރީއެއް ހެދުމަށް އަންގާފައިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ރައިޒް އަޕް އެމްވީ މޫވްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި އެއްވުން ރޫޅާލުމަށް ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އެކަމުގެ ނުރުހުން ފާޅުކުރަމުންދާއިރު، އެފަދަ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެކަމާ ގުޅޭގޮތުން ސީޕީ ކުރެއްވި ޓްވީޓެއްގައި ވަނީ މުޒާހަރާގެ ކަންކަން ދިޔަ ގޮތުގެ ފުރިހަމަ އިންކުއަރީއެއް ހެދުމަށް އަންގާފައިވާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ސީޕީ ވިދާޅުވީ، އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް އެނގިލައްވާ ކަމަށާއި، މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ޙަރަކާތްތެރިވި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސްއިން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުން ފުލުހުން ހުއްޓުވީ ކޮވިޑް-19ގެ ހާލަތުގައި ފަސް މީހުންނަށް ވުރެ ގިނައިން މާލެ ސަރަހައްދުގައި އެއްވެ އުޅުމަކީ އެޗްޕީއޭ އިން މަނާކޮށްފައިވާ ކަމެއް ކަމަށް ބުނެ ނަސޭހަތް ދިނުމަށްފަހުގައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ރެކޯޑު އަދަދުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުން ދިއުމާއެކު އެއްވުންތައް ބޭއްވުމުގައި ހަދާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
2 މެއި 2021 | އާދީއްތަ 20:20
މުހަންމަދު
ގަސްދުގާކޮވިޑްޖައްސަންވެގެންބަޔަކްމީހުންހިންގަމުންދާބޮޑުޖަރީމާއެއް.މިކަންތައްތައްހުއްޓުވަންފުލުހުންބާރުގެބޭނުންއެއްމެހަރުކަށިކޮށްހިފަންއެބަޖެހޭ.އެއީރަތްޔިތުންގެހައްގުގާވެސް