Advertisement
ކ. މާލެ
|
30 އޭޕްރިލް 2021 | ހުކުރު 17:47
ދެވަނަ ޓާމަށް ސްކޫލް ހުޅުވުން
ދެވަނަ ޓާމަށް ސްކޫލް ހުޅުވުން
ރާއްޖެއެމްވީ
އޭލެވެލް ޕޭޕަރުތައް ވިއްކުން
ލީކުވި އޭއެސް/ އޭލެވަލް ޕޭޕަރުތައް ވިއްކަން ފަށައިފި
ވެބްސައިޓުގައި ޕޭޕަރުތައް ވިއްކަމުންދަނީ 4 ޔޫރޯ އަށް
ޕޭޕަރު ލީކުވީ ރާއްޖޭގައި ނޫން ކަމަށް އެޑިއުކޭޝަނުން ބުނެފައިވޭ

ލީކުވި އޭއެސް/އޭލެވެލް ޕޭޕަރުތައް ވިއްކަން ފަށައިފިއެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ ލީކުވީ އޭސް/އޭލެވެލް ގެ ފިޒިކްސް ޔުނިޓް-1 ޕޭޕަރއެވެ. އެ މައްސަލަ ބަލަމުންދަނިކޮށް މިހާރު ވަނީ އޭއެސް/އޭލެވެލްގެ ހުރިހާ ޕޭޕަރުތަކެއް ލީކުވެފައެވެ.

ރާއްޖެޓީވީ އަށް އެނގިފައިވާގޮތުގައި ވެބްސައިޓެއް މެދުވެރިކޮށް ޕޭޕަރުތައް މިހާރު ދަނީ ވިއްކަމުންނެވެ. އެއީ ބޭރުގެ ވެބްސައިޓެކެވެ. ޕޭޕަރު ވިއްކުމަށް ދައްކާފައިވާ ވާހަކައިގެ ސްކްރީންޝޮޓްތަކެއް ވެސް ރާއްޖެޓީވީ އަށް ވަނީ ލިބިފައެވެ. ވެބްސައިޓުގައި ޕޭޕަރުތައް ވިއްކަމުން ދަނީ 4 ޔޫރޯ އަށެވެ.

Advertisement

ޕޭޕަރުތައް ލީކުވި މައްސަލަ ބަލަމުން އަންނަ އިރު ރާއްޖޭގައި ވެސް ބައެއް ވައިބާ ގްރޫޕްތަކުގައި ޕޭޕަރުތައް ދަނީ ދައުރުވަމުންނެވެ. އެކަމަކު ޕޭޕަރު ލީކުވީ ރާއްޖޭގައި ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އޭއެސް/އޭލެވެލް އިމްތިހާނު ފަށާފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނު އަވަސްވުމާއި ގުޅިގެން އޭރު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ނިންމުން ބަދަލު ކުރުމަށް އެ މިނިސްޓްރީ އާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އެޑެކްސެލްއާއެކު ގިނަ މަޝްވަރާތަކެއް ކުރިކަމަށެވެ. ނަމަވެސް މި މަޝްވަރާތަކުން އަލިމަގެއް ފެނިފައި ނުވާކަމަށް ވަނީ ބުނެފައެވެ.

އޭއެސް/އޭލެވެލް އިމްތިހާނު އޭޕްރީލް މަހަށް އަވަސްވުމުން މިއަހަރުގެ އެޗްއެސްސީ އިމްތިހާނު ބާއްވާނީ 13 ޖޫން 2021ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
1 މެއި 2021 | ހޮނިހިރު 16:59
ފާތިމަތު އަހުމަދު
މަށަށް ވެސްތިލިންކް ފޮނުވަބަލަ
1 މެއި 2021 | ހޮނިހިރު 00:45
👏
👏👏👏