ކ. މާލެ
|
29 އޭޕްރިލް 2021 | ބުރާސްފަތި 17:55
އަރަބިއްޔާ ސްކޫލް،
އަރަބިއްޔާ ސްކޫލް،
ރާއްޖެއެމްވީ
އަރަބިއްޔާ ސްކޫލު މަރާމާތުކުރުން
އަރަބިއްޔާ ސްކޫލު މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: އެޑިޔުކޭޝަން
 
އަރަބިއްޔާ ސްކޫލުގައި ގިނަ އަދަދެއްގެ ކުދިން ތައުލީމު ހާސިލް ކުރަމުންދޭ
 
މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މި އަންނަ ހަފުތާގެ ހޯމަ ދުވަހު އިއުލާނު ކުރާނެ
 
އަރަބިއްޔާ ސްކޫލްގެ ފުލް އިންސްޕެކްޝަނެއް ވަނީ ހަދާފައި

އަރަބިއްޔާ ސްކޫލު މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވަނީ އަރަބިއްޔާ ސްކޫލުގެ ރެނދުލައިފައިވާ ތަނބުތަކެއްގެ ފޮޓޯއާއެކު ބެލެނިވެރިންތަކެއް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. ބެލެނިވެރިން ބުނެފައިވަނީ ތަނބުތައް ބައިބައިވެ ވެއްޓެމުންދާ ކަމަށާއި، ބޮޑު ހާދިސާއެއް ހިނގާ ދުވަހުން އަނިޔާވާނީ އެންމެ ކުއްޖަކަށް ނޫން ކަމަށެވެ. އަދި އަރަބިއްޔާ ސްކޫލަށް އެއްވެސް ސަރުކާރަކުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިނިސްޓްރީގެ ކޮންސަލްޓެންޓުން އަރަބިއްޔާ ސްކޫލްގެ ފުލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެގޮތުން މަރާމާތުތަކެއް ކުރަންޖެހޭ ކަމަށް ވަނީ ފާހަގަވެފައި ކަމަށާއި، އެ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މި އަންނަ ހަފުތާގެ ހޯމަ ދުވަހު އިއުލާނު ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ކުދިން ތައުލީމު ހާސިލް ކުރަމުންދާ އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި މީގެ 33 އަހަރު ކުރިން އަރަބި ތައުލީމު އުނގަންނައިދިނުމަށް ހުޅުވި ޚާއްސަ ސްކޫލެކެވެ.

އަރަބިއްޔާ ސްކޫލުގެ މަރާމާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިހާރު ވެސް މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ގިނަ ސްކޫލުތަކުގެ މަރާމާތުގެ މަސައްކަތާއި، ކްލާސްރޫމްތައް ބޮޑު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
81%
0%
0%
6%
13%
ކޮމެންޓް
29 އޭޕްރިލް 2021 | ބުރާސްފަތި 21:15
ޔޫސުފް
ހަދާށޭ ކިޔާފަ އަނެއްކާ ތަން ތަޅާނުލާތި!
ގުޅުންހުރި