ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 20:46
ޕްރޮޖެކްޓް އޮފް ގްރާންޓް އެއިޑް ފޮރ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ތެރެއިން
ޕްރޮޖެކްޓް އޮފް ގްރާންޓް އެއިޑް ފޮރ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ތެރެއިން
އެމްއެންޑީއެފް
ވައިގެ ދަތުރުފަތުރު
ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ސަމާލުކަމެއް ދެން: މާރިޔާ
 
ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ އާލާތްތަކާއި އުޅަނދުތަކުގެ ބޭނުން ބޮޑު

ބަދަލުވަމުންދާ ބައިނަލްއަގުވާމީ ސަލާމަތީ ވެށީގައި ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޖަޕާނު ސަރުކާރުގެ "ޕްރޮޖެކްޓް އޮފް ގްރާންޓް އެއިޑް ފޮރ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން ހަދިޔާކުރި "އެންޓި-ޓެރަރިޒަމް އިކުއިޕްމަންޓް" ހަވާލުކުރުމަށްޓަކައި ބުދަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ އާލާތްތަކާއި އުޅަނދުތަކުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައިވެއެވެ. ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ހެވީ ޑިއުޓީ ވެހިކަލްތަކާއި މޯބައިލް އެކްސްރޭ ސްކޭނަރާއި ލިކުއިޑް ސްކޭނަރާއި ހޭންޑް-ހެލްޑް މެޓަލް ޑިޓެކްޓަރ ފަދަ އާލާތްތަކުގެ ސަބަބުން ނުރައްކަލުގެ ހާލަތްތައް މެދުވެރިވިޔަ ނުދީ އެފަދަ ކަންކަމަށް ދުރާލާ ތައްޔާރުވެ، ސްކްރީނިން، ޕްރިވެންޝަން އަދި ރެސްޕޮންސްގެ ކަންކަން އިތުރަށް ހަރުދަނާ ވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ އަމާޒަކީ ޒަމާނުއްސުރެ ސުލްހަޔާއި އަމާންކަމުން ޒީނަތްތެރިވެފައިވާ ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ކުދިކުދިކޮށްލުން ކަމަށެވެ. މި ނުރައްކަލާ ކުރިމަތިލާން ބޭނުންވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އާލާތްތައް ޖަޕާނުން ހަދިޔާކުރި ކުރުމުން ދޭހަވަނީ އެގައުމުގެ ސަރުކާރާއި ރައްޔިތުން އަބަދުވެސް ދިވެހިންނާމެދު ބަހައްޓާ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ރީތި މިސާލަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަމީލާއި އެވްސެކޮމްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
50%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
ގެއްލިގެން ހޯދާ ދޯނި އަދިވެސް ނުފެނޭ، އެ ދޯނި ހޯދަން ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓެއް: އެމްއެންޑީއެފް
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ހެލިކޮޕްޓަރު ޖެއްސި މައްސަލައިގައި ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން: އެމްއެންޑީއެފް
ތިމަރަފުއްޓަށް ޖެއްސި ހެލިކޮޕްޓަރުގެ މައްސަލަ އޮޅުންބޮޅުމަކަށް
ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ދަތުރު ކުރި ކަމަށް ޣައްސާން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފި
ބޭރުގެ ފަސް ޤައުމެއްގެ ސިފައިންނާއެކު "ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް 12" ފަށައިފި
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
"އެއަރޕޯޓް އިމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމް 2024" ގައި ޤައުމީ ދިފާޢީ ބާރުން ބައިވެރިވެއްޖެ