ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 19:32
ފަތުރު ވާހަކަ - ޕެނަލް ޑިސްކަޝަނުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ޚިޔާލު ބަދަލުކުރާނެ
ފަތުރު ވާހަކަ - ޕެނަލް ޑިސްކަޝަނުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ޚިޔާލު ބަދަލުކުރާނެ
އެމްއެންޔޫއެސްޔޫ
"ފަތުރު ވާހަކަ" ޕެނަލް ޑިސްކަޝަން
'ފަތުރު ވާހަކަ' ޕެނަލް ޑިސްކަޝަން އަންނަ މަހު 22 ގައި
ޑިސްކަޝަނުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވާނެ
އެފްއެޗްޓީއެސް ދަރިވަރުން ކޮންމެ އަހަރަކުވެސް މިފަދަ ހަރަކާތްތައް ބާއްވަމުންދޭ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)ގެ ބެޗްލާސް އޮފް އިންޓަނޭޝަނަލް ޓުއަރިޒަމް މެނޭޖްމަންޓް އަދި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ކިޔަވަމުންދާ ދަރިވަރުން ބާއްވާ 'ފަތުރު ވާހަކަ' ޕެނަލް ޑިސްކަޝަން އަންނަ މަހު 22 ގައި ބާއްވަން ނިންމައިފިއެވެ.

އެމްއެންޔޫ ސީއޭ އޮޑިޓޯރިއަމުގައި ބާއްވާ މި ޑިސްކަޝަނުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އެކިކަހަލަ މައްސަލަ ތަކާއި ދިމާވާ ގޮންޖެހުންތަކާމެދު ދާއިރާގެ އިސް ފަރާތްތަކުންނާއި ދާއިރާއަށް އަލަށް ވަދެފައިވާ ޒުވާނުން ޚިޔާލު ބަދަލުކުރާނެއެވެ.

އެފްއެޗްޓީއެސްގެ ދަރިވަރުން ކޮންމެ އަހަރަކުވެސް މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދާއިރު މިއަހަރުގެ ޕެނަލް ޑިސްކަޝަން ކުރިޔަށްދާނީ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި، ސޮސައިޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް) އާއި ގުޅިގެންނެވެ. މި އަހަރުގެ ޕެނަލް ޑިސްކަޝަނުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އިސް އޮފިޝަލުން ވެސް ބައިވެރިވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް