ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 14:55
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލިސް
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު
ވިޔަފާރިތަކަށް ދޫކުރާ ފައިސާގެ އެންމެ ބޮޑު އަދަދަކީ 3 މިލިއަން ރުފިޔާ ކަމަށް ބުނާ ބިލު ކޮމިޓީއަށް
 
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅުއްވާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
 
އިސްލާހާއެކު ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދުމުގެ މަސްއޫލިއްޔަތު މިނިސްޓްރީއަށް

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މި ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅުއްވާފައި ވަނީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. ބިލް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، މިހާރު އެފަދަ ވިޔަފާރިތައް ގިންތިކުރުމުގައި ބަލާ މިންގަޑުތަކަށް އިސްލާހު ގެނެސް، ވިޔަފާރި ގިންތި ކުރުމުގައި ބޭނުންކުރާނެ އުސޫލެއް އެކުލަވާލުމަށް ކަމަށެވެ. އަދި ވިޔަފާރީގެ ކައުންސިލް އެކުލެވިގެންވާ ގޮތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

މެންބަރު ވިދާޅުވީ މި ގާނޫނުގެ ބޭނުމަށްޓަކައި ވިޔަފާރި ބެހިގެން ވަނީ ތިން ގިންތިއަކަށް ކަމަށެވެ. އެއީ އެންމެ ކުދި ފަންތީގެ ވިޔަފާރިއާއި، ކުދި ފަންތީގެ އިތުރުން މެދު ފަންތީގެ ވިޔަފާރި ކަމަށެވެ. މި ގިންތިތަކަށް ވިޔަފާރިތައް ފެތޭތޯ ބެލުމުގައި ވަކި މިންގަނޑުތަކެއް ވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެންމެ ކުދި ވިޔަފާރީގެ މުވައްޒަފުންގެ އަދަދެއްގެ ގޮތުގައި ބަލަނީ 0ން ފެށިގެން 5 މީހުންނާ ހަމައަށެވެ. ޖުމްލަ އާމްދަނީ 5 ލައްކައާއި ހަމައަށް ބަލާއިރު ސާފު ފައިދާގެ ގޮތުގައި ބަލަނީ އަހަރެއްގެ މައްޗަށް 75،000 ރުފިޔާއެވެ.

ކުދި ވިޔަފާރި ގޮތުގައި މި ބެލެވެނީ 6ން 30 މީހުންނާ ދެމެދުގެ އަދަދަކަށް މުވައްޒަފުން ތިބިނަމަ ޖުމްލަ އާމްދަނީ އަކީ އަހަރެއްގެ މައްޗަށް 5 ލައްކައިން 5 މިލިއަނަށް. ސާފު ފައިދާ ބަލަނީ 75،000ން ފެށިގެން 750،000ށް. މެދު ފަންތީގެ ގޮތުގައި ގިންތި ކުރަނީ 31 މީހުންނާއި 100 މީހުން ތިބޭނަމަ. ޖުމްލަ އާމްދަނީ 5 މިލިއަނުން 20 މިލިއަނަށް އަދި ސާފު ފައިދާ 750،000ން 3 މިލިއަނަށް އަރާނަމަ.
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

މި އިސްލާހާއެކު ކައުންސިލުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީއާ ހަވާލު ކުރެވިގެން ދާނެއެވެ. އަދި ކައުންސިލުގެ ޖަލްސާ ކޮންމެ މަހަކު އެއް ފަހަރު ބޭއްވުމުގެ ބަދަލުގައި މީލާދީ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަދުވެގެން ދެފަހަރު ބޭއްވުމަށް ހަމަޖެހިގެން ދާނެއެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ދޫކުރާ ފައިސާގެ އެންމެ ބޮޑު އަދަދަކީ 3 މިލިއަން ރުފިޔާއަށް ކަމަށް ވެސް މި އިސްލާހާއެކު ބަދަލުވެގެންދާނެއެވެ.

މި އިސްލާހުގައިވާ އިތުރު ކަންކަމުގެ ތެރޭގައި މި ގާނޫނުގެ ވަޒީފާ އަދާކުރާ ފަރާތްތަކާ ގުޅޭ ބާބު، 8 ވަނަ ބާބު އުނިކުރެވިގެން ދާނެއެވެ. އަދި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދުމުގެ މަސްއޫލިއްޔަތު ކައުންސިލުން ހެދުމުގެ ބަދަލުގައި މިނިސްޓްރީން ހެދުމަށް ބަދަލުވެގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް