ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 12:42
މުހައްމަދު ނަޝީދު - އެމްޑީޕީގެ ވިސްނުމަކީ ތަރައްގީގެ ވިސްނުމެއް، މިކަމުގައި ޝައްކެއް ވެސް ނެތް
މުހައްމަދު ނަޝީދު - އެމްޑީޕީގެ ވިސްނުމަކީ ތަރައްގީގެ ވިސްނުމެއް، މިކަމުގައި ޝައްކެއް ވެސް ނެތް
ރާއްޖެއެމްވީ
ނ. އަތޮޅު އަދި ރަށު ކައުންސިލް މަޝްވަރާ
ރާއްޖެ ބަދަލުވެއްޖެ، ދެން އެމްޑީޕީ އެހެން ތަނަކަށް ނުގެންދެވޭނެ - ރައީސް ނަޝީދު
 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކެމްޕެއިން މުޅި ރާއްޖޭގައި ފެށިގެން ކުރިއަށް
 
އަންނަން އޮތް ޖީލުތަކަށް ތަރައްގީގެ ފަހި ފުރުސަތުތައް ދެމިގެންދާނެ ގޮތްތައް ހޯދަން ޖެހޭ
 
ތަރައްގީގެ ވައުދުތަކާއި އެވައުދުތައް ފުއްދުމަށް ހުރި ވިސްނުމަކީ އެމްޑީީޕީގެ ވިސްނުމެއް

އެމްޑީޕީ އަނބުރާ އެހެން ތަނަކަށް ދެން ނުގެންދެވޭނެކަމަށް އެމްޑީޕީގެ ރައީސް މުހައމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ހަރަކާތްކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ތަރައްގީގެ ވައުދުތަކާއި އެވައުދުތައް ފުއްދުމަށް ހުރި ވިސްނުމަކީ އެމްޑީީޕީގެ ވިސްނުމެއް ކަމަށެވެ. އަދި އެހެން ބަޔަކަށް މި ވިސްނުން ނޭނގޭނެ ކަމަށް ވިދާޅުވިއެވެ. މިހާރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކެމްޕެއިން މުޅި ރާއްޖޭގައި ފެށިގެން ކުރިއަށްދާ ކަމަށާއި، މުޅި ރާއްޖެ މިއޮތީ ބަދަލުވެފައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދެން އެމްޑީޕީ އަނބުރާ އެހެން ތަނަކަށް ނުގެންދެވޭނެ ކަމަށްވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މެނިފެސްޓޯ ވެސް އަދި އަޅުގަނޑުމެން މި މަސައްކަތު ބައްދަލުވުންތަކާ އަދި އަޅުގަނޑުމެން ތަންފީޒުކުރަމުންދާ ސިޔާސަތުތައް ވެސް ތަންފީޒުކުރަމުންދާންޖެހެނީ އަޅުގަނޑުމެންގެ ވިސްނުމާއެއްގޮތަށް. މީ ތަރައްގީގެ ވިސްނުމެއް. މިކަމުގައި ޝައްކެއްވެސްނެތް، އެހެން ބަޔަކު މި ވިސްނުމެއް ނުވެސް ވިސްނާ އަދި އަޅުގަނޑު ދަންނަވަނީ ކިބުރުވެރިކަމާއެކު ނަމަވެސް "ނުވެސް އެނގެޔޭ، ނުވެސް އެނގޭނޭ" މީ އަޅުގަނޑުމެން ދަންނަ ކަމެކޭ، މިއަދު އެމްޑީޕީގެ ގައުމުމީ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު ޕާޓީގެ ކޮންމެ ދެ މެމްބަރެއް އެއްވެލާފައި ވަރުގަދަ ކެމްޕެއިން ޓީމެއް އުފައްދައިގެން ޑޯ ޓު ޑޯ ހަދަމުން، މުޅި ރާއްޖޭގައި އެބަދޭ. މި ރާއްޖެ ބަދަލު ވެއްޖެ. ދެނެއް އަނބުރާ އެހެން ތަނަކަށް ނުގެންދެވޭނެ
މުހައްމދު ނަޝީދު - އެމްޑީޕީގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ ރައީސް

އެމްޑީޕީ އުފެދި ހިނގަމުން މި އަންނަ އެއްމެ މުހިއްމު މަގްސަދަކީ އަތޮޅުތަކާއި ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތްތައް ދެނެގަނެ އެގޮތްތަކެއްގެ މައްޗަށް ކަންކަން ހިންގުން ކަމަށް ވިދާޅުވިއެވެ. މިފަދަ މަޝްވަރާތަކުގެ ބޭނުމަކީ ވެސް އަތޮޅުތަކުގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އާއްމު ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. އަންނަން އޮތް ޖީލުތަކަށް ތަރައްގީގެ ފަހި ފުރުސަތުތައް ދެމިގެންދާނެ ގޮތްތައް ހޯދަން ޖެހޭ ކަމަށާއި ގާނޫނަށް އިސްލާހު ގެނެވުނީ ވެސް މި ބޭނުމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ތަރައްގީ ހޯދައިދިނުމަށް ގެނެވުނު އިސްލާހުތަކެއްކަމަށާއި، ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަމާއި، ރަށުގެ ބިން ބޭނުން ކުރާނެ ގޮތް މި ގާނޫނުގެ ދަށުން މިހާރު ކަނޑައަޅާނީ ރައްޔިތުން ކަމަށެވެ.

ކުރިއަށް މިއޮތް ދެ އަހަރަކީ ރާއްޖޭގެ އިގްތިސާދުގައި ބަނަ ދެ އަހަރު ކަމަށާއި، 2019 ވަނަ އަހަރު ހުރި މިންވަރަށް ދައުލަތުގެ އާމްދަނީ އަރާނީ 2023 ގައި ކަމަށް އެމަނިކުފާނަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.

ލާމަކަޒީ ނިޒާމު މުހިއްމުވާ އެއް ސަބަބަކީ، އަސްލެއްގެ މައްޗަށް ބިނާވެގެން ނޫނީ މާދަމާ އުޖާލާ ނުކުރެވޭނެތީ ކަމަށާއި، ޕެންޑަމިކުން ދިމާވި ގެއްލުން ފޫބެއްދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ލާމަރުކަޒީ ގާނޫނުން ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މަޝްވަރާ ބައްދަލުވުމަކީ 2 ދުވަހަށް ބަހާލައިގެ ކުރިއަށްދާ ބައްދަލުވުމެކެވެ.

ކޮމެންޓް
28 އޭޕްރިލް 2021 | ބުދަ 18:09
ގަބުޅި
ސުވާލަކީ ނޫނު އަތޮޅު ކިޔަނީ ވަކި ރަށަކަށްތޯ؟ ޅޮހީ ބަޝީރު ހުރީ ހަމަ ހޭގަތޯ؟
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި