ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 22:50
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު
ޕޮޒިޓިވްވި މީހުންގެ އަދަދު 400 އާއި ގާތަށް
 
119 މީހަކަށް ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން
 
އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 4،009ށް އަރާފައި
 
386 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

އަންގާރަ ދުވަހު ރާއްޖެއިން 400 އާއި ގާތްކުރާ އަދަދަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އަންގާރަ ދުވަހު 386 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި 105 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 198 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި ހަ މީހުންނާއި ސިނާއީ ރަށްރަށުން ޕޮޒިޓިވްވި 77 މީހުންނެވެ.

އަންގާރަ ދުވަހު ޕޮޒިޓިވްވި މީހުންނާއި އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 4،009ށް އަރާފައެވެ. އަދި ރާއްޖެ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 28،588ށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 24،499 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 71 މީހަކު ވަނީ ނިޔާވެފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 119 މީހުންނަށެވެ.

ރާއްޖޭގެ ކޮވިޑްގެ ކޭސްތައް އިތުރުވަމުން ގޮސް މިފަހަކަށް އައިސް ދުވާލެއްގެ މައްޗަށް 300ށް ވުރެ ގިނަ މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. ކޭސްތައް އިތުރުވަމުން އަންނަ އިރު، މާލެ ސަރަހައްދުގެ ކޭސްތައް 100 ގައި އުޅޭއިރު، އަތޮޅުތެރޭގެ ކޭސްތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
8%
77%
15%
0%
0%
ކޮމެންޓް
28 އޭޕްރިލް 2021 | ބުދަ 13:42
ސޭކުސްތާން
އެބަ ރަގަޅުވޭ.