ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 19:29
މާލޭގެ ބާޒާރުމަތި، ބިސް ކޭސްތަކެއް ބާލަނީ
މާލޭގެ ބާޒާރުމަތި، ބިސް ކޭސްތަކެއް ބާލަނީ
މުހައްމަދު ޝަރުހާން
ނަޖިސް ހަރުލާފައި ހުންނަ ބިސް ވިއްކުން މަނާ
ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއް: އެމްއެފްޑީއޭ
 
ރާއްޖެއަށް އިންޕޯޓުކުރާ ބިހާއިބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓްގެ އޮރިޖިނަލް ހުށަހެޅުމުން
 
ޓްރީޓްމަންޓްއެއް ނުދީ ފިނިކޮށް (5°C އަށްވުރެ ދަށުގައި) ބަހައްޓަންވާނީ އުފެއްދި ތާރީޚުން ފެށިގެން 03 މަސްދުވަހު
 
ކުކުޅު ބިސް ބަހައްޓަން ވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހު

ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

ރާއްޖެއަށް އިންޕޯޓުކޮށް ވިއްކާ ކުކުޅު ބިހާއިގުޅޭ ގޮތުން އެމްއެފްޑީއޭއިން ބުނީ މުއްދަތު އިތުރުކުރުމަށް ޚާއްސަ ޓްރީޓްމަންޓެއް ނުދީ ފިނިނުކޮށް ކުކުޅު ބިސް ބަހައްޓަން ވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ޓްރީޓްމަންޓެއް ނުދީ ފިނިކޮށް (5°C އަށްވުރެ ދަށުގައި) ބަހައްޓަންވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ދިގުވެގެން 03 މަސްދުވަހުގެ މުއްދަތަށް ކަމަށެވެ. މިގޮތަށް އިންޕޯޓްކޮށް ވިއްކާ ކުކުޅުބިސް އިންޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަން ޖެހޭކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ ބިހުގެ މުއްދަތު ހަމަވާ ތާރީޚް 03 މަސް ދުވަހަށްވުރެ އިތުރުވާނަމަ މުއްދަތު އިތުރު ކުރުމަށް ދީފައިވާ ޓްރީޓްމަންޓް ބަޔާންކޮށް އުފެއްދި ފަރާތުން (މެނުފެކްޗަރާރ) ނުވަތަ އުފެއްދި ގައުމު (ކަންޓްރީ އޮފް އޮރިޖިން)ގެ ކޮންޕިޓެންޓް އެ އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެއްކަން ފާހަގަކޮށް އެމްއެފްޑީއޭއިން ބުނީ ރާއްޖެއަށް އިންޕޯޓުކުރާ ބިހާއިބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓްގެ އޮރިޖިނަލް ހުށަހެޅުމުން ކަމަށާއި، ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ގައުމު (ކަންޓްރީ އޮފް އޮރިޖިން) ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިންވެސް ހުށަހަޅަންޖެހޭ ކަމަށެވެ. އެއްވެސް ސަބަބަކާއިހުރެ ސެޓްފިކެޓްގެ އޮރިޖިނަލް ވަގުތަށް ހުށަނޭޅިއްޖެ ހާލަތެއްގައި އެ ސެޓްފިކެޓެއް ދޫކުރި އޮތޯރިޓީން އެ އޮތޯރިޓީއަށް މެއިލް މެދުވެރިކޮށް ހުށަހެޅުމުން ގަބޫލުކުރެވޭނެކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއިބިހުގެ  ބާވަތްތައް ހުންނަންވާނީ އޮތޯރިޓީގެ މިންގަނޑު "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑާއި އެއްގޮތަށް ލޭބަލް ކުރެވިފައި ކަމަށާއި، ފިހާރަތަކުގައި ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީޚް ގަންނަ ފަރާތަށް އެނގޭނެގޮތަށްކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
40%
0%
20%
0%
40%
ކޮމެންޓް