ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 14:49
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އިންޝުއަރެންސް ނިޒާމުގެ ތެރެއިން ޚިދުމަތްދިނުން
ރާއްޖޭގައި ގާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން ޚިދުމަތް ދިނުމަށް ސްޓެލްކޯއަށް އެންގުމަށް މަޖިލީހުން ފާސްކޮށްފި
 
ކުންފުނީގެ މެނޭޖުމަންޓުން މުވައްޒަފުންނާ ވިހާވެސް ގާތުން މަސައްކަތް ކުރުމަށް އެންގުމަށް ފާސްކޮށްފައިވޭ
 
ކުންފުނިތަކުގެ ޕޮލިސީތައް ރިވިއުކޮށް، އެއްހަމަކުރާނެ ގައިޑްލައިނެއް އެކުލަވާލުމަށް ފަހު ކޮމިޓީއަށް ހުށަހެޅުމަށް އެންގުމަށް ނިންމާފައިވޭ

ރާއްޖޭގައި ގާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން އެ ޚިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

ސްޓެލްކޯގެ މުވައްޒަފުންނާ ގުޅޭ މައްސަލަތައް އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އިއްވަމުން އެ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ސްޓެކްލޯއާ ގުޅުންހުރި ވަރަށް ގިނަ މައްސަލަތަކެއް އެ ކޮމިޓީއަށް ލިބެމުން ދާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް މަދުކުރުމަށް އެ ކުންފުނީގެ މެނޭޖުމަންޓުން، މުވައްޒަފުންނާ ވިހާވެސް ގާތުން މަސައްކަތް ކުރުމަށް އެންގުމަށް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ ގްރީންސް ޕްރޮސީޖަރތައް އިތުބާރު ކުރެވޭނެ ގޮތަކަށް ހަދައި، މި ނިޒާމު ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް ސްޓެލްކޯއަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

އިންޝުއަރެންސް ޚިދުމަތަކީ ރެޖިސްޓަރ ކުރެވިގެން ކުންފުނިތަކުން ދޭ ޚިދުމަތަކަށް ވުމުން، އިން-ހައުސްކޮށް ހެލްތް އިންޝުއަރެންސް ޚިދުމަތް ދިނުމަކީ ބެސްޓް-ޕްރެކްޓިސް ނޫންކަމަށް ކޮމިޓީއަށް ފެންނާތީ އިން- ހައުސްކޮށް ހެލްތް އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން އިންޝުއަރެންސްގެ ޚިދުމަތް ކުރިޔަށް ގެންދިއުމަށް ސްޓެލްކޯއަށް ދެންނެވުން
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

މި ރިޕޯޓުގައި ބުނީ އެ ކުންފުނިން އެކުލަވާލާފައިވާ، މުވައްޒަފުންނާ ގުޅުންހުރި އަދި ވަޒީފާއާ ގުޅިގެން ކުންފުނިން އަމަލުކުރަމުން ގެންދާ ގަވާއިދުތަކާއި އުސޫލުތަކަކީ، ވަޒީފާއާބެހޭ ގާނޫނާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން ހެދިފައިވާ އުސޫލުތަކެއް ނޫންކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މުވައްޒަފުންނާ އާއިލީގޮތުން ގުޅުންހުރި ފަރާތްތަކަށް ވަޒީފާ ދިނުމުގައި ގެންގުޅޭ އުސޫލާއި ރިޓަޔަރމަންޓް ބެނެފިޓް ފަދަ ޕޮލިސީތައް ރާއްޖޭގެ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ހަދާފައިވާ ޕޮލިސީތަކާ ތަފާތުކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކަށް ރިއާޔަތް ކުރުމަށްފަހު ކުންފުނީގެ މުވައްޒަފުންނާއި ވަޒީފާއާ ގުޅުންހުރި ޕޮލިސީތައް އެކުލަވާލުމަށް ސްޓެލްކޯއަށް އެންގުމަށް ވެސް ނިންމާފައިވެއެވެ. އަދި ކުންފުނިތަކުން ގެންގުޅޭ އެންމެހައި އުސޫލުތައް ދިރާސާކޮށް، ރަނގަޅު ކުރަންޖެހޭ ފިޔަވަޅުތައް ހިމެނޭ ގޮތަށް ކުންފުނިތަކުގެ ޕޮލިސީތައް ރިވިއުކޮށް، އެއްހަމަކުރާނެ ގައިޑްލައިނެއް އެކުލަވާލުމަށް ފަހު، މި މަސައްކަތް ނިންމިގޮތުގެ ރިޕޯޓެއް އެ ކޮމިޓީއަށް 30 ޖޫން 2021 ކުރިން ހުށަހެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ދެންނެވުމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް
27 އޭޕްރިލް 2021 | އަންގާރަ 16:11
ޛޖ
މިގެން އެއްވެސް އެއްޗެއް ނޭނގުނު