ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 14:42
ސަރުކާރުގެ ފަރާތުން ބިލު ހުށައަޅުއްވާފައި ވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
ސަރުކާރުގެ ފަރާތުން ބިލު ހުށައަޅުއްވާފައި ވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
ރައްޔިތުންގެ މަޖިލިސް
ކަނޑު އުޅަނދުފަހަރު ދުއްވުމާބެހޭ ގާނޫނު
ކަނޑު އުޅަނދުފަހަރު ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީއަށް
 
މި އިސްލާހުގައި ވަނީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ (27) ވަނަ ނަންބަރުގެ ފަހަތަށް ތިން ނަންބަރެއް އިތުރު ކުރުމަށް
 
ބިލު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް

ކަނޑު އުޅަނދުފަހަރު ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވައިފިއެވެ.

މި ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން ބިލު ހުށަހަޅުއްވާފައި ވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީއެވެ.

މި އިސްލާހުގައި ވަނީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ (27) ވަނަ ނަންބަރުގެ ފަހަތަށް ތިން ނަންބަރެއް އިތުރު ކުރުމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ކަނޑާއި ވައިގެ ދަތުރުފަތުރުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އެހީތެރިވުމާއި، އެކަންކަން ވިލަރެސްކުރުން އިތުރު ކުރުމަށް ހުށައަޅާފައިވެއެވެ. އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގުކުރުމާއި، އެފަދަ ކަންކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، ފިޔަވަޅުތައް އެޅުމަށް ވެސް މި އިސްލާހުގައި ވެއެވެ.

މީގެ އިތުރުން އެއްގަމާއި ދަތުރުފަތުރުގެ ދާއިރާގެ ހޯދުންތަކާއި، ދިރާސާތަކާއި، ތަހުގީގުތަކާއި، ތަފާސްހިސާބުތައް އެއްކުރުމާއި، މިކަންކަމާ ގުޅިގެން އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލައި ޝާއިއުކުރުމަށް މި އިސްލާހުގައި ވަނީ ބަޔާން ކޮށްފައެވެ. މި ބިލު ހުށަހަޅުއްވަމުން މެންބަރު ޔޫނުސް ވިދާޅުވީ ބިލު ހުށަހެޅީ، ކަނޑުދަތުރުފަތުރުކުރުމާއި ދަތުރުފަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލައި، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކުރަމުން ގެންދިޔަ މަސައްކަތްތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ.

އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ މަސްއޫލިޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން، ކަނޑުދަތުރުފަތުރާ ގުޅޭގޮތުން ގަވާއިދު ހެދުމުގެ ބާރު ގާނޫނަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދީފައިނުވާ ކަންކަމުގައި ގަވާއިދު ހެދުމުގެ ބާރު އެ މިނިސްޓްރީއަށް ލިބިދިނުމަށްޓަކައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
0%
0%
0%
67%
ކޮމެންޓް