ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 16:16
މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުން
މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުން
ރައްޔިތުންގެ މަޖިލިސް
ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު
ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގެ ނަން ގައުމީ ޕޭމަންޓް ސިސްޓަމުގެ ބިލަށް ބަދަލުކުރުމަށް ފާސްކޮށްފި
 
އެމްއެމްއޭ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޚިޔާލު ހޯދާފައިވޭ
 
7 ވަނަ ބާބުގެ ސުރުޚީ 'ސެޓްލްމަންޓް، ނެޓިންގ އަދި ޕޭމަންޓް ފައިނަލިޓީ'އަށް ބަދަލުވެގެން ދާނެ

ޕޭމަންޓް ސިސްޓަމާ ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގެ ނަން ގައުމީ ޕޭމަންޓް ސިސްޓަމުގެ ބިލަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އިއްވަމުން އެ ކޮމިޓީގެ މެންބަރު، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ މި ބިލު ދިރާސާކުރި އިރު ބައެއް މުހިއްމު ކަންކަމަށް ރިއާޔަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ބޭނުންކުރަން ފަސޭހަ އަދި އަގުހެޔޮ ޑިޖިޓަލް ޕޭމަންޓް ވަސީލަތްތައް ތައާރަފުކޮށް ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބާރު އެޅުމާއި ރައްކާތެރިކަމާއެކު ޕޭމަންޓްތައް ހެދުމަށް މަގުފަހިކޮށްދެވޭގޮތްތަކަށް ބަލާފައިވާ ކަމަށް ވިދާޅުވިއެވެ.

ޚިދުމަތް ފޯރުކޮށްދިނުމުގެ ޚަރަދު ކުޑަ ކުރުމަށާއި ހިރާސްތައް ކުޑަކުރުމަށް ޕޭމަންޓް ޕްރޮސެސްތައް ސްޓެންޑަޑައިޒްކޮށް އޮޓޮމޭޓް ޕޭމަންޓް ހެދުމުގައި ސިސްޓަމަށް ދިމާވާ ފްރޯޑް އަދި މައްސަލަތައް މަދުކޮށް އެފަދަ މައްސަލަތައް އަވަހަށް ހައްލުކުރެވޭ، އަދި ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި ސިސްޓަމްގެ މައްޗަށް އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި، ސިސްޓަމް ރައްކާތެރި އަދި ހަރުދަނާ އުސޫލުތަކެއްގެ ދަށުން ހިންގުމަށް އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް؛
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

މި އިސްލާހާއެކު ސިސްޓަމްގެ ކްރެޑިޓް ރިސްކް ކުޑަ ކުރުމަށް ސިސްޓަމުން ގަބޫލުކުރާ ސެޓްލްމަންޓް އޯޑަރުތަކަށް ބޭނުންވާ ލިކުއިޑިޓީ ހުންނާނެ ގޮތުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނެއެވެ. އަދި މި ބިލުގެ 5 ވަނަ ބާބުގެ ސުރުޚީގައިވާ 'ސިސްޓަމްގެ ގަވައިދުތައް' މި ނަން 'ސިސްޓަމް ރޫލްސް'އަށް ބަދަލުވެގެން ދާނެއެވެ. މީގެ އިތުރުން 7 ވަނަ ބާބުގެ ސުރުޚީ 'ސެޓްލްމަންޓް، ނެޓިންގ އަދި ޕޭމަންޓް ފައިނަލިޓީ'އަށް ބަދަލުވެގެން ދާނެއެވެ.

މި ބިލަށް ތަފާތު އެކި އިސްލާހުތައް ގެނެސްފައިވާއިރު، މި ބިލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިތުރުން އެހެން މުއައްސަސާތަކުންނާއި އާންމުންގެ ޚިޔާލު ވެސް ހޯދާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް