ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 12:30
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފް
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފް
ރައްޔިތުންގެ މަޖިލިސް
އޯވަރ ޑްރާފްޓާ ގުޅޭ ކުއްލި މައްސަލަ
އޯވަރ ޑްރާފްޓްގެ މުއްދަތު އިތުރު ކުރުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
 
އޯވަރޑްރާފްޓްގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދިނުމަށް މަޖިލީހުން ފާސްކޮށްފައިވޭ
 
އެކި ފަރާތްތަކަށް ފައިސާ ދިނުމަށް ސަރުކާރުން ނިންމަމުން ގެންދަވާ ކަމަށް ބުނެ ތަކުރާރުކޮށް ބޮޑެތި ތުހުމަތުތަކެއް މެންބަރު ކުރެއްވި
 
މި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވި

ސަރުކާރުން ފައިސާ ޗާޕުކޮށް، ސަރުކާރާ ގުޅުންހުރި ފަރާތްތަކަށް ބަހަމުން ގެންދާ ގެންދިއުން ހުއްޓާލަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ނުފެންނަ ކަމަށް މަޖިލީހުން ނިންމައިފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި މިކަމަށްޓަކައި ނެގުނު ވޯޓުގައި 35 މެންބަރުން ބައިވެރިވެވަޑައިގެންފައި ވާއިރު މި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވިއެވެ. އަދި އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ފަސް މެންބަރުން ވޯޓު ދެއްވިއިރު އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފެވެ. މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު، ވެއްޓިފައިވާ ފުން ވަޅުގަނޑުން އަދިވެސް އަރައިނުގަނެވި އިިގްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މެންބަރުގެ ވާހަކައިގައި ވަނީ ސަރުކާރުން އެކި މަގާމުތަކުގައި ތިއްބެވި އަދި ސަަރުކާރާ ގާތް ގުޅުން އޮންނަ މީހުންނަށް ފައިސާ ބަހަމުން ދާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

އާންމު ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ގެއްލި ގެދޮރު ގެއްލި، މަސްވެރިން ބާނާ މަސް ނުކިރި އަގު ނުލިބި އެތައް އާއިލާއެއް ނިކަމެތިވެފައިވާ ހިނދު ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ފައިސާ ޗާޕު ކުރަން ނިންމާ މި ސަރުކާރާ ގާތްގުޅުން އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދު ތަކުން ފައިސާ ދެމުން ގެންދޭ
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފް

މީގެ އިތުރުން މެންބަރު ވަނީ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތި އަދި ކޯޓުން ބޭރުން ސަރުކާރުން ހަދާފައިވާ ސެޓްލްމެންޓް ކޮމިޓީގެ ތެރެއިން އެއްވެސް ކަހަލަ ބެލުމެއް ނެތި ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް ސަރުކާރުން ނިންމަމުން ގެންދަވާ ކަމަށް ބުނެ ތަކުރާރުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އޯވަރޑްރާފްޓްގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދިނުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ. ހުއްދަ ދީފައިވަނީ އޯވާރޑްރޯގެ އަދަދު 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާނެގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް