ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 23:54
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް އިބްރާހިމް ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ނަޝީދު ސޮއިކުރައްވަނީ
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް އިބްރާހިމް ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ނަޝީދު ސޮއިކުރައްވަނީ
ހެލްތު މިނިސްޓްރީ
ތައުޒިޔާ ދަފްތަރުގައި ސޮއިކުރެއްވުން
އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ތައުޒިޔާގެ ދަފްތަރުގައި ދެ ރައީސުން ސޮއިކުރައްވައިފި
 
ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ އަދި މިހާރުވެސް ފުރުއްވަމުންގެންދަވާ ގިނަ ބޭފުޅުންނާއި އާއްމު ފަރާތްތަކުންވަނީ މި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާފައި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސޮއިކުރައްވައިފިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހެލްތު މިނިސްޓްރީން ހުޅުވާލި ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސާލިހް ސޮއިކުރައްވާފައިވަނީ ހޯމަ ދުވަހުގެ ރޭއެވެ. ރައީސްގެ އިތުރުން، ރައީސް މުޙައްމަދު ނަޝީދާއި ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ އަދި މިހާރުވެސް ފުރުއްވަމުންގެންދަވާ ގިނަ ބޭފުޅުންނާއި އާއްމު ފަރާތްތައްވަނީ މި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާފައެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފައްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ. އިބްރާހީމް ރަޝީދު އަވަހާރަވެފައިވަނީ 31 ޖެނުވަރީ 2021 ގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 92 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް