ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 23:06
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
އަމްނާ އިމާދު
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މިއަދަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި ދުވަސް، ކޭސްތައް 300ން މަތީގައި!
 
އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 3701ށް އަރާފައި
 
328 މީހުން ވަނީ ޕޮޒިޓިވްވެފައި

ހޯމަ ދުވަހު ރާއްޖެއިން ކޮވިޑް-19ގެ 300ށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު އިރު އޮއްސި ހަޔަކާ ހޯމަ ދުވަހު އިރު އޮއްސި ހަޔަކާ ދެމެދު ނެގި 3252 ސާމްޕަލްގެ ތެރެއިން 328 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 167 ކޭސް ރިޕޯޓުކޮށްފައިވާއިރު 127 ކޭހަކީ އަތޮޅުތެރެއިން ރިޕޯޓްކޮށްފައިވާ ކޭސްތަކެކެވެ. ރިސޯޓުތަކުން 10 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި އިންޑަސްޓްރިއަލް ރަށްރަށުން 24 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 28،202ށް އަރާފައިވާއިރު 126 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓް ކޮށްގެންނެވެ. އަދި 24،421 މީހުން ވަނީ ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭހުގެ އަދަދު ވަނީ 3701ށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 71 މީހުން ވަނީ ނިޔާވެފައެވެ.

ފާއިތުވި ހަފުތާ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވާން ފަށާފައި މިވަނީ ޖެނުއަރީ މަހުން ފެށިގެން އަދަދުތައް ހިފެހެއްޓި 100ން ދަށުގައި އުޅޭތާ ދެތިން ހަފުތާ ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
40%
7%
33%
0%
20%
0%
ކޮމެންޓް