ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 13:11
2020 ވަނަ އަހަރާ އަޅާބަލާއިރު، ދޯންޏަކުން މަސްބާނާ މިންވަރު 40 އިންސައްތަ އިތުރު
2020 ވަނަ އަހަރާ އަޅާބަލާއިރު، ދޯންޏަކުން މަސްބާނާ މިންވަރު 40 އިންސައްތަ އިތުރު
ރާއްޖެއެމްވީ
ހުރިހާ މަސްވެރިންނަށްވެސް ފުރުސަތު ލިބޭނެ
މަސްކިރާވަރު ލިމިޓްކުރީ ހުރިހާ މަސްވެރިންނަށް ފުރުސަތު ދިނުމަށް
 
2020ވަނަ އަހަރާ އަޅާބަލާއިރު، ދޯންޏަކުން މަސްބާނާ މިންވަރު 40 އިންސައްތަ އިތުރު
 
މި އަހަރު އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅު، ދޯނިތަކުން މަސްބާނާ މިންވަރު އިތުރު
 
ފްރީޒިންގ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންދަނީ

މަސްކިރާވަރު ލިމިޓްކުރީ ހުރިހާ މަސްވެރިންނަށް ފުރުސަތު ދިނުމަށް ކަމަށް މިފްކޯއިން ބުނެފިއެވެ.

މި މަހުގެ 28 ގެ ނިޔަލަށް ކޮންމެ ދޯންޏަކުން ވެސް ކިރޭނީ 4 ޓަނުގެ މަސްކަމަށް ކަނޑައެޅުމާއެކު، އެކުންފުނިން މަސްވެރިން ބާނާ މަސް ނުކިރަން އުޅޭކަމުގެ ޝަކުވާވަނީ އިތުރުވެފައެވެ.

މިފްކޯއިން ބުނީ، މި ދުވަސްވަރަކީ ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅު ދުވަރެއް ކަމުން އެހެން ހިސާބުތަކުގެ ދޯނިފަހަރު ވެސް ދެކުނުގައި މަސްވެރިކަން ކުރަމުން އަންނަ ކަމަށެވެ. އަދި މަސްދޯނިތަކުން މަސްބާނާ ނިސްބަތް ވެސް 2020 ވަނަ އަހަރާ އަޅާބަލާއިރު، 40 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިހާރުވެސް ކޫއްޑޫއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 103 ދޯނިން މަސްކިރަމުން އަންނައިރު، ވަކި ލިމިޓެއްނެތި މިހާ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި މަސްކިރާނަމަ، ބައެއް މަސްވެރިންނަށް ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމަށް މިފްކޯއިން ފާހަގަކުރެއެވެ.

މިފްކޯއިން ބުނީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމުން ދޯނިތަކުން ގެންނަ ހުރިހާ މަހެއް ކިރިޔަސް އެ މަސް ފިނިކުރުމުގެ ޕްރޮސެސްއަށް ޖާގަ ބޭނުންވާނެ ކަމަށެވެ. ލިމިޓްކުރަން ޖެހުނީ ވެސް ފިނިކުރުމުގެ ކެޕޭސިޓީއާ އެއްވަރަށް ހުރިހާ މަސްވެރިންނަށް ވެސް ފުރުސަތު ދިނުމުގެ ބޭނުމުގައިކަމަށް މިފްކޯއިން ބުނެއެވެ. މިދަނޑިވަޅުގައި މަސްވެރިން މިފްކޯއަށް އެއްބާރުލުން ދިނުމަށް މިފްކޯއިންއެދެއެވެ.

މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ވެފައިވާތީ ރާއްޖެއިން ބޭރަށް މަސް ފޮނުވުމަށް "ކެރިއަރ ވެސްލް"ގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފައެވެ. ކުރިން އެވަރެޖްކޮށް މަހަކު އެއް ދަތުރުކުރި ނަމަވެސް މިއަހަރު މަހަކު މަދުވެގެން ދެ ދަތުރުކުރާ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މި "ކެރިއަރ ވެސެލް"އަކީ މަސްވެރިން އަތުން މަސްކިރާ ބޯޓެއް ނޫނެވެ. އެއީ ރާއްޖެއިން ބޭރުން މަސްގަންނަ ފަރާތްތަކުން ވަކި މިންގަނޑެއްގައި ފިނިކޮށްގެން މަސް އުފުލުމަށް ބޭނުންކުރާ އުޅަނދެކެވެ.

މިހާރު ކަނޑައަޅާފައި އޮތް ތާރީޚާއި މަސްކިރުވާ ވަރަށް އަންނަ ބަދަލުތައް މަސްވެރިންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
50%
50%
0%
ކޮމެންޓް
ގުޅުންހުރި
ބޮޑެތި ތުހުމަތުތަކެއް އަމާޒުވި މިފްކޯގެ ސީއީއޯ ސަމާހުގެ ސަސްޕެންޝަން އުވާލައިފި
މިފްކޯގެ މައްސަލައިގެ ތަހުގީގުކުރިއަށް ދާތީ ޕީސީބީން އެދުނީ އެސްއޯއީ ކޮމިޓީ އާއި ވަކިން ބައްދަލުކުރުމަށް
މިފްކޯގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި
މިފްކޯ އިން ސަރުކާރު ކެނޑިޑޭޓެއް ޕްރޮމޯޓްކުރުން - މިފްކޯ އަށް ގޯސްވީ ޓްވީޓް ކުރި މީހާ
މަސްވެރިންނަށް އުފާވެރި ޚަބަރު ދެއްވާނެ ކަމަށް ވިދާޅުވެ، ވަޑައިގެން ދެއްވި ޚަބަރަކީ މަހުގެ އަގު ކުޑަކުރާކަމުގެ ޚަބަރު!
މިފްކޯއިން ސަރުކާރު ކެންޑިޑޭޓުން ޕްރޮމޯޓްކުރުމަށް ޝިޔާމްގެ ދިފާއު- "މިފްކޯގެ ޕްރޮޑަކްޓް ޕްރޮމޯޓްކުރުމަށް މެންބަރު ވަޑައިގަތަސް އެ މެހެމާންދާރީ ލިބިވަޑައިގަންނަވާނެ"
ނިމިދިޔަ ސަރުކާރުގެ ނިންމުމަށް ގޮންޖަހައި، މަސް ގަންނަ އަގު 20ރ. އަށް ކުޑަކުރަނީ
އަމީރުގެ ރައްދު ޝިޔާމަށް: ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދެވި ހުރީ 185 މިލިއަން ރުފިޔާ، މިއަށްވުރެ މާ ދަތީގައިވެސް ފައިސާ ދޫކުރި