ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 15:48
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ)
ރައްޔިތުންގެ މަޖިލިސް
ސިލިންޑަރު މައްސަލައިގެ ބަހުސް
ރައީސް ޔާމީން ކޮރަޕްޝަންގެ އަމަލުތައް ހިންގެވިކަން އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑަށް- ބޮންޑާ
 
އާއްމު ހާލަތުގައި ނުގެނެވޭނެ ގޮތްތަކަށް ފުޅިތައް ގެނަސްފައިވާ ކަމަށް މެންބަރު ވިދާޅުވި
 
ފާހަގަކުރެވުނީ ވަރަށް ކުއްލި ހާލަތެއްގައި އޮކްސިޖަން އެތެރެކޮށްފައިވާކަން ކަމަށް
 
40،000ށް ވުރެ ގިނަ އޮކްސިޖަން ފުޅި ގެނެސްފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮރަޕްޝަންގެ އަމަލުތައް ހިންގެވިކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އެމަނިކުފާނު ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބޮންޑާ މިހެން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތަކާ ގުޅޭ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ސިލިންޑަރު މައްސަލައިގައި ސަރުކާރުން ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން ބަހުސް ކުރައްވަމުން ބޮންޑާ ވިދާޅުވީ އެންމެ ބޮޑަށް ކޮރަޕްޝަން ހިންގާފައިވާ ސަރުކާރަކީ ކުރީ ސަރުކާރު ކަމަށާއި ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ކޮރަޕްޝަނުގެ އަމަލުތައް ހިންގެވި ކަން ޔަގީންވާ ކަމަށެވެ.

އަޅުގަނޑުގެ ލޮލުން ދެކެ، އަތުން ހިފާފަހުރި ކަމެއް އެއީ. ފުއްގިރި މައްސަލައި ފައިސާ ނަގައިގެން އެހެރީ. އެސްޓީއޯ މެދުވެރިކޮށް އަނެއްކާވެސް އެހެން ދިމާލަކަށް ގޮސް އެ ފައިސާ ނަގައިން އެހެރީ. އަޅުގަނޑަށް ވުރެ ބޮޑަށް އެކަމެއް ނޭނގޭނެ. އެއީ ކަނޑައެޅިގެން ކޮށްފަ އޮތް ވައްކަމެއް. އެ އިންވެސްޓަރުންނާ އަޅުގަނޑާ ވަރަށް ގާތްވާނެ
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ)

ސިލިންޑަރުތަކުގެ ވާހަކަ ދައްވަމުން މެންބަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބަލި ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި 40،000ށް ވުރެ ގިނަ އޮކްސިޖަން ފުޅި ގެނެސްފައިވާ ކަަމަށެވެ. އަދި އެކިއެކި ފަރާތްތަކުގެ ޝަކުވާއާ ގުޅިގެން މި ސިލިންޑަރުތައް ގެނެސްފައިވާ ކޮމިޓީން ގޮތް ބަލައި، ފުޅިތައް ގެނައުމުގައި އަމަލު ކޮށްފައިވާ ގޮތް ވެސް ބަލާފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ އެކަން ބެލިބެލުމުން ފާހަގަކުރެވުނީ ވަރަށް ކުއްލި ހާލަތެއްގައި އޮކްސިޖަން އެތެރެކޮށްފައިވާކަން ކަމަށެވެ. އެގޮތުން މުޅި ދިވެހިރާއްޖެ ބަންދުވެފައި އޮތް ހާލަތެއްގައި ފުޅިތައް ގެނެސްފައިވާއިރު ކޮންމެ ގޮތަކަށް ހޯދައިގެން ނަމަވެސް އެ އޮކްސިޖަން ފުޅިތައް ގެނައުން އޭރު މުހިއްމު ކަމަށެވެ. އަދި އާއްމު ހާލަތުގައި ނުގެނެވޭނެ ގޮތްތަކަށް ފުޅިތައް ގެނެސްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

އެއީ މިސާލަކަށް ޕަރޝިއަލް ޝިޕްމަންޓްގެ ގޮތުގައި ސިންގަޕޫރުން ގެނެސްފައި ހުރި އެއްޗެއް އެއްޗަކީ. ގެނައި އިރުގައި ރާއްޖޭގައި ނޯވޭ ކޮންޒިއުމާ ޕްރޮޑަކްޝަނާ ބެހޭ ގާނޫނެއް. އެންމެ ކުޑަމިނުން ގެއަކަށް ގެންދާ ގޭސްފުޅި ވެސް އެއީ ތަރޑް ޕާޓީ ވެރިފައި ކުރުމަށްފަހު ރަނގަޅަށް ރައްކާތެރިކަމާއެކު ގެންނަ ފުޅިތޯ ނުބަލާ. އެއީ ކުރިންވެސް މިކަން އޮންނަ ގޮތް. އެހެން ނަމަވެސް މި މަޖިލީހުގައި އެކަމަށް ވަކި ގާނޫނެއް ހަދައިފިން. އެކަމަށްޓަައި ކޮންޒިއުމަރ އޮމްބަޑްސްމަނެއް ހުންނަން ޖެހޭ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ ޕަރޝިއަލް ޝިޕްމަންޓުގެ ގޮތުގައި ފުޅިތައް އައިސްފައި ހުރިި އިރު، ބައެއް ސެޓްފިކެޓްތަކުގައި މައްސަލަ ހުރުމާއެކު ކޮލަމްބޯއަށް ދެވަނަ ފަހަރަށް ފުޅިތައް ފޮނުވައިގެން ޓެސްޓުތައް ވެސް ހަދާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
13%
13%
0%
53%
7%
13%
ކޮމެންޓް