ކ. މާލެ
|
25 އޭޕްރިލް 2021 | އާދީއްތަ 15:09
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް- ޖަލުތަކުގައި ބަލިފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް- ޖަލުތަކުގައި ބަލިފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
ރާއްޖެއެމްވީ
މާލޭ ޖަލުން ޕޮޒިޓިވް ކޭސްތަކެއް ފެނުން
ގައިދީންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން މާލެ ޖަލުގެ އެނެކްސް-1 ލޮކްޑައުންއަކަށް
ސާމްޕަލްތަކުން 13 ގައިދީން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭ
ކަނޑައެޅިފައިވާ ފިޔަވަޅުތައް މިހާރު އަޅަމުންދާކަަމަށް ކަރެކްޝަންސް އިން ބުނޭ
ޖަލުތަކުގައި ބަލިފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ

މާލެ ޖަލުގެ އެނެކްސް 1 އިން ނެގި ސާމްޕަލްތަކުން 13 ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެނެކްސް 1 ލޮކްޑައުން ކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ހާމަ ކޮށްފިއެވެ.

ކަރެކްޝަންސްއިން އާދިއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، 24 އޭޕްރިލް 2021 ގައި މާލެ ޖަލުގެ އެނެކްސް 1 އިން ނެގި ސާމްޕަލްތަކުން 13 ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެނެކްސް-1 ލޮކްޑައުންކޮށް، ކޮވިޑުގެ އުޞޫލުތަކުގެ ދަށުން ކަނޑައެޅިފައިވާ ފިޔަވަޅުތައް މިހާރު އަޅަމުންދާކަަމަށް ކަރެކްޝަންސް އިން މައުލޫމާތު ދެއެވެ.

މާލޭ ޖަލުގައި މީގެ ކުރިން ވެސް ކޯވިޑް-19 ގެ އަސަރު ފެތުރިފައިވޭތޯ ބެލުމަށް ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. އަދި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދާކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދެއެވެ.

ޖަލުތަކުގައި ބަލިފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޖަލުން މީހުން ޕޮޒިޓިވްވުމާއެކު ކަރަންޓީން ފެސިލިޓީތަކަށް މީހުން ބަދަލުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ. މީގެ ކުރިން ކަމާބެހޭފަރާތްތަކުން ވަނީ ޖަލުތަކުގެ ކޮވިޑް-19 ގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލިންގެ މަސައްކަތްވެސް ކޮށްފައެވެ.

- ކޮމެންޓް