ކ. މާލެ
|
24 އޭޕްރިލް 2021 | ހޮނިހިރު 19:17
ޔާމީނުގެ އިސްތިއުނާފު ޝަރީއަތުގެ ތެރެއިން
ޔާމީނުގެ އިސްތިއުނާފު ޝަރީއަތުގެ ތެރެއިން
ޔޫޓިއުބް
ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލުން
ކޮވިޑް ބަހަނާގައި ކުރީގެ ރައީސް ޔާމީނު މިނިވަން ކުރުމަށް އިދިކޮޅުން ގޮވާލައިފި
 
ޔާމީނުގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ބުނޭ

މާފުށީ ޖަލުން ކޮވިޑް ފެނިއްޖެ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް ޔާމީނު މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އިދިކޮޅުން ބުނެފައިވަނީ މާފުށީ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކާއި އޮފިސަރުންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވްވި ކަމުގެ އަޑުތަކެއް ފެތުރެމުން ދާތީ ކޯލިޝަނުން ކަންބޮޑުވާ ކަމަށާއި ކަމާބެހޭ މުއައްސަސާތަކުން އެކަމުގެ ސާފު މަޢުލޫމާތު ހާމަކޮށްދިނުމަށް އެދޭ ކަމަށެވެ.

ވައިރަހަށް ޕޮޒިޓިވްވި އޮފިސަރުންގެ ތެރޭގައި ރައީސް ޔާމީނުގެ ކަންކަން ބަލަހައްޓާ އޮފިސަރަކު ހިމެނޭ ކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މާފުށީ ޖަލުން ކޮވިޑް-19 ފެނި، ރައީސް ޔާމީނުގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

ރައީސް ޔާމީނަށް ސިއްހީ ގޮތުން ލިބިދާނެ ނުރައްކަލަކުން ސަލަމާތްކުރުމަށްޓަކައި އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނައުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވާއިރު ދާދި ފަހުން ރައީސް ޔާމީނު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖައްސަވާފައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީނު ވެކްސިން ޖައްސަވާފައިވަނީ އޭޑީކޭއިންނެވެ. ޖައްސަވާފައިވަނީ ފައިޒަރ ވެކްސިން ކަމަށް ވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ޔާމީނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު މިހާރުވެސް އެމަނިކުފާނު ގެންދަވަނީ އެ ޚިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މީގެ އިތުރުން ރ.ފުއްގިރި އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާއިން ވެސް މަނީ ލޯންޑަރ ކުރުމުގެ ދަޢުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
24 އޭޕްރިލް 2021 | ހޮނިހިރު 20:58
Aboobakuru
Yaameenu minivan kuran haadhavarekea thihiry dhenthibee maakudhi kuhkohfathibi meehun dhoo kuranhama ekakuves govaalaathaneh nufenea yaameenu mulhiraajje dhavaalaafa hurumunthoa minivankuranthigovanee.