ކ. މާލެ
|
24 އޭޕްރިލް 2021 | ހޮނިހިރު 13:16
އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހްމީ ނޫސްވެރިންނާ ބައްދަލުކުރެއްވުން
އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހްމީ ނޫސްވެރިންނާ ބައްދަލުކުރެއްވުން
ރާއްޖެ އެމްވީ
އެމްޑީޕީގެ އިންތިޚާބު
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
 
28 އޭޕްރީލާ ހަމައަށް ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅޭނެ
 
އިންތިޚާބުގައި ވޯޓު ލެވޭނީ 18 އޭޕްރީލްގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީވެފައި މެންބަރުންނަށް
 
ވޯޓުލުން ކުރިއަށް ދާނީ މެއި 29 ވަނަ ދުވަހުގެ ހެނދުނު 9ން ހަވީރު 5ށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބު މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕާޓީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހްމީ ވިދާޅުވީ 24 އޭޕްރީލުން ފެށިގެން އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. ޕާޓީ އޮފީހަށް ފޯމު ހުށަހަޅައިގެންނާއި އޮންލައިންކޮށްވެސް ހުށަހެޅޭގޮތަށް ހަމަޖެހިފައިވާއިރު ކޮންމެ ފޯމަކާއެކު އެ ކެންޑިޑޭޓަކަށް ތާއީދުކުރާ މީހުން ސޮއި ކޮށްފައިވާ އެކްސެލް ޝީޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލާނާމަ އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ 50 މީހުންގެ ސޮއި ހަމަކުރަންޖެހެއެވެ. އަދި ޕްރޮވިންސް ނުވަތަ ސިޓީއެއްގެ ރައީސްކަމަށް ކުރިމަތިލާނަމަ 200 މެންބަރުންގެ ސޮއި ހޯދަން ޖެހެއެވެ.

ޖުމްލަ 455 މަގާމަކަށް މެންބަރުން އިންތިޚާބުކުރުމަށް އެމްޑީޕީން ނިންމާފައިވާއިރު އިންތިޚާބުގައި ވާދަކުރުމުގެ ސުންގަޑިއަކީ މެއިމަހުގެ އަށްވަނަ ދުވަހުގެ 4:00 އެވެ.

އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މަންދޫބުން ކަނޑައެޅުމުގެ ފުރުސަތު މެއިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާއި ހަމައަށް އެމްޑީޕީން ވަނީ ހުޅުވާލާފައެވެ. އަދި ހަމަ އެދުވަހު ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް ނެރެ ކެންޑިޑޭޓް ނަންބަރު އިއުލާނު ކުރާނެކަމަށް، އިމްތިޔާޒް ވިދާޅުވިއެވެ.

އިންތިޚާބުގައި ވޯޓު ލެވޭނީ 18 އޭޕްރީލްގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީވެފައި މެންބަރުންނަށެވެ. ވޯޓުލެވޭ މީހުންގެ ލިސްޓް 24 އޭޕްރީލްގައި އާންމުކޮށްފައި ވާއިރު، 28 އޭޕްރީލްއާއި ހަމައަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅޭނެއެވެ. ޝަކުވާތައް ބެލުމަށްފަހު ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް ނެރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ.

ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ އެމްޑީޕީގެ ދަފްތަރުގައި ރެޖިސްޓަރީ ކޮށްފައިވާ މެންބަރުންނަށެވެ. ޕާޓީގެ ދަފްތަރުގައި ޖުމްލަ 93،354 މެންބަރުން ރެޖިސްޓަރީ ވެފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އެމްޑީޕީގެ މެންބަރުންގެ ލިސްޓް ޕާޓީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާއިރު އެސްއެމްއެސް ކޮށްގެން ޕާޓީގެ މެންބަރެއްތޯ ބެލޭނެ ކަމަށް އެ އެޕާޓީން ބުނެއެވެ.

މި އިންތިޚާބު ކުރިއަށްދާނީ، ނިމިދިޔަ ލޯކަލް ކައުންސިން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބެކޭ އެއްގޮތަށް، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދާނީ، މެއި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9ން ހަވީރު ފަހަކާއި ދެމެދުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ