ކ. މާލެ
|
23 އޭޕްރިލް 2021 | ހުކުރު 13:08
ލަގްޒަރީ ޓްރެވަލް މާޓް
ލަގްޒަރީ ޓްރެވަލް މާޓް
އެމްއެމްޕީއާރްސީ
ލަގްޒަރީ ޓްރެވަލް މާޓް
ލަގްޒަރީ ޓްރެވަލް މާޓްގައި ރާއްޖެއިން ބައިވެރިވެއްޖެ
މި ފެއަރ ކުރިއަށްދާނީ މި މަހުގެ 22ން 23ށް ރަޝިއާގެ ވެރި ރަށް މޮސްކޯގައި

ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ފަންތީގެ ޙިދުމަތްތައްދޭ ފަރާތްތަކަށް އަމާޒްކޮށްގެން ރަޝިއާގައި ބާއްވާ އެންމެ ބޮޑު ފެއަރ، ލަގްޝަރީ ޓްރެވެލް މާޓްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއަރ ކުރިއަށްދާނީ މިމަހުގެ 22ން 23ށް ރަޝިއާގެ ވެރި ރަށް މޮސްކޯގައެވެ. މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނީ ފެއަރގައި ބައިވެރިވުމުގެ މަގްސަދަކީ ރަޝިއާ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި، ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުން ކަމަށެވެ.

މި ފެއާގެ ތެރެއިން ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ އެކި ޙިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ބައްދަލުކޮށް ރާއްޖޭގައި ފަތުުރުވެރިންނަށް ހުރި ފުރުސަތުތަކާއި ގުޅޭ މަޢުލާތުމާތު ހިއްސާކުރެވިގެންދާނެއެވެ.

އަދި މި ފެއަރގެ ތެރެއިން އެންމެ މުހިންމު ލަގްޝަރީ ޓްރެވެލް ޓްރޭޑްގެ ފަރާތްތަކާއި ބައްދަލުކޮށް ދިވެހި ރާއްޖޭގެ ޕްރޮޑަކްޓްތަކާއި ރާއްޖޭގައި ކުރެވޭ ތަޖުރިބާތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ޙިއްސާކުރުމުގެ ފުރުސަތު ލިބޭނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ރާއްޖެ އިތުރަށް މި ފެއާގައި ޑެސްޓިނޭޝަން ސްޕްންސޯޝިޕް މެދުވެރިކޮށް އިސްތިހާރުކުރެވިގެންދާނެ ކަމަށެވެ. މި ސްޕްންސޯޝިޕްގެ ތެރެއިން ފައާރގައި ހަރުކުރެވިފައިވާ ޕްރެސް ވޯލް، ބެކްޑްރޮޕް، ޗްރޖިންގ ސްޓޭޝަން އަދި ފެއާގެ ޕްރޮމޯޝަންލް މެޓީރިއަލް ތަކުގައި ދިވެހި ރާއްޖޭގެ ރިތި މަންޒަރުތައް ދަކުވައިދޭ ފޮޓޯތަކާއި ވިޒިޓް މޯލްޑިވަސްގެ ބްރޭންޑިންގ ހިމެނިފައިވާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ މި ފެއާ އަށް ޒިޔާރަށް ކުރާ ފަރާތްތަކުގައި ހިމެނެނީ ފައިވް-ސްޓަރ ހޮޓެލްތަކާއި ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި ޓުއަރ އޮޕަރޭޓަރުންނާއި އަދި ލަގްޝަރީ ޓްރެވެލް އޭޖެންޓުން ކަމަށެވެ.

- ކޮމެންޓް