ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 22:41
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 27،000ން މައްޗަށް އަރައިފި
 
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 27،084ށް އަރާފައި
 
އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 2،939ށް އަރާފައި
 
ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ 164 މީހުން

ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 27،000ން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު ޕޮޒިޓިވްވި 164 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 27،084ށް އަރާފައެވެ.

އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 67 މީހުންނެވެ. އަތޮޅުތެރެއިން 68 މީހުން ޕޮޒިޓިވްވެފައިވާ އިރު، ރިސޯޓްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 24 އެވެ. މީގެ އިތުރުން ތަރައްގީ ކުރަމުން އަންނަ ރަށްރަށުުން ތިން މީހުން އަދި ސިނާއީ ރަށްތަކުން ދެ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 90ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދުވެސް އިތުރުވެ 2،939ށް ވަނީ އަރާފައެވެ.

ރާއްޖެއިން ބަލިޖެހުނު 24،065 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 71 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް ކޭސްތަކުގެ އަދަދު ދަށަށް ދާން ފަށާފައި އޮތުމަށްފަހު އަނެއްކާވެސް އަދަދު އިތުރުވާން ފަށާފައި މިވަނީ ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަަވަޅުތަކަށް ލުއިދީފައިވަނިކޮށެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ބޮޑުތަނުން އިތުރުވެފައިވާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އަންނަނީ އިތުުރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް