ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 14:52
ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެސް.އޯ.އީ ތަކާއި ގުޅިގެން
ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެސް.އޯ.އީ ތަކާއި ގުޅިގެން
ރާއްޖެއެމްވީ
ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުން
ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހު ކޮށްފި
 
ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ޤައުމީ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތެއް
 
ދަރިވަރުންނަށް ރާއްޖެއިން ބޭރުން ތަމްރީނުގެ ފުރުސަތު ހޯދައިދިނުމަށް އަންނަނީ މަސައްކަތްކުރަމުން
 
ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެސް.އޯ.އީ ތަކާއި ގުޅިގެން

ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާޙު ކޮށްފިއެވެ.

މިއީ އަމިއްލަ ފަރާތްތަކާ ސަރުކާރާ ގުޅިގެން މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ފެށި ޕްރޮގްރާމެކެވެ. ތެރަޕއުޓިކް ދާއިރާއިން މި ހުޅުވާލާ ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެސް.އޯ.އީ ތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ ކުންފުނިތައް ހިމެނޭ ގޮތަށް 10 ފަރާތަކުންނެވެ. މިކުންފުނިތަކަކީ، ނާއިދު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، ލިލީ އިންޓަރނޭޝަނަނލް ޕްރައިވެޓް ލިމިޓެޑް، ސޮނީ ހާރޑްވެއާ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިއުއެސްސީ، މުހައްމަދު އަލީ ޖިނާހް، ދިރާގު، ސްޓެލްކޯ، އެސްޓީއޯ އެމްޓީސީސީ އަދި އެލިއާއިންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ތަމްރީނުގެ ފުރުސަތު ހޯދައިދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް، ރާއްޖޭގެ އިޖްތިމާޢީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް ދެއްވާ ސަމާލުކަމާއި އަހައްމިޔަތުގެ ސަބަބުން ސަރުކާރުގެ އެކި ވުޒާރާތަކުން ސޯޝަލް ސެކްޓަރ އަށް އަންނަމުންދާ ހެޔޮ ބަދަލުތައް ކަންވެސް ފާހަގަކުރެއްވިއެވެ. އަދި ޕްރައިވެޓް ސެކްޓަރ އާއި، އެސް.އޯ.އީ ތަކާއި ސަރުކާރާއި ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން އިޖްތިމާ ޢީ ހަމަޖެހުން ޤާއިމްކުރެވި ދިވެހިރާއްޖޭގެ ތަރައްޤީ ހަލުވި ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ޚާއްސަ ސަމާލުކަމެއްދެވިގެން، ޚާއްސަ ޕްރޮޖެކުޓެއްގެ ގޮތުގައި އެސްއޯއީތަކާއި ޕްރައިވެޓު ސެކުޓަރުތަކާގުޅިގެން މިދާއިރާއިން އިތުރު ދިވެހިން ތަމްރިނުކުރުމަށް މިހާރު ސަރުކާރުން މިވަނި ނިންމާފައެވެ. އެގޮތުން އޮކިއުޕޭޝަނަލް ތެރަޕީއާއި ސްޕީޗު ތެރަޕީ ކޯސްތަކުގައި އިންޑިއާގެ އެކި ކޮލެޖު / ޔުނިވަރސިޓީ ތަކަށް ދިވެހިން ފޮނުވައިގެން، މި ދާއިރާތަކުން ތަމްރީންކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ދިވެހި މުޖުތަމަޢުގައި ގިނަ ޢަދަދެއްގެ އަފުރާދުންނަށް ޚިދުމަތްލިބެން ނެތް މިހާ ބޭނުންތެރިކަން ބޮޑު ދާއިރާއަކަށް ތެރަޕިއުޓިކު ދާއިރާ ވެފައިވާތީ، މިހާރު ސަރުކާރުން އަމާޒު ހިފާފައިމިވަނީ ރާއްޖޭގެ އެކި އެކި އަތޮޅުތަކުން ބޭނުންވާ އެކި އެކި ތެރަޕީތައް ފަސޭހައިން ލިބޭނޭފަދަ ގޮތަކަށް އިންސާނީ ވަސިލަތްތައް ތަރައްޤީ ކުރުމަށެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަންގެ ވާހަކައިގައި ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްއަކީ ސަރުކާރުން ވަރަށް މާތް މަޤްސަދެއްގައި ފެށި މަސައްކަތެއްކަމާއި ސަރުކާރާއި، އެސް.އޯ.އީ ތަކާއި އަދި ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ޤައުމީ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

އަދި މިއީ ސަރުކާރާއި އެ.ސްއޯ.އީ ތަކާއި އަދި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތްކުރެވޭނެ ކަމުގެ ލާމަސީލު ހެއްކެއްކަން ވެސް ފާހަގަކުރައްވަމުން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތް އާއި ގުޅިގެން އަތޮޅުތެރޭގަ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ 177 ޓެކްނިކަލް އަދި އޮޕަރޭޝަނަލް މުވައްޒަފުން ސެޓްފިކެޓް ލެވެލް 2ން އޮޓޮމޯޓިވް މެއިންޓަނަންސް އިން ރިޕެއަރ އަދި ސެޓްފިކެޓް ލެވެލް 2 އިން ބިލްޑިންގް މެއިންޓަނަންސް އަށް ތަމްރީނު ކުރަން ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. ހަމަމިއާއިއެކު ޖެންޑަރ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ކުޑަކުދިންގެ ހިޔާ އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގަ މަސައްކަތްކުރައްވާ ’ކެއާ ޓޭކަރސް‘ އަށް ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ހިންގުމުގެ މަސައްކަތް ކުރެވެމުންދާކަންވެސް ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް