ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 14:34
ތަފާތު ދެޑޯޒްގެ ވެކްސިން ޖެހި މީހާގެ ވެކްސިން ކާޑު
ތަފާތު ދެޑޯޒްގެ ވެކްސިން ޖެހި މީހާގެ ވެކްސިން ކާޑު
ސޯޝަލް މީޑިއާ
އެކަކުގަޔަށް ދެވައްތަރެއްގެ ވެކްސިން ޖެހުން
އެކަކު ގަޔަށް ދެވައްތަރެއްގެ ވެކްސިން ޖެހި މައްސަލަ ބަލަނީ
ވެކްސިން ޖެހި މީހާގެ ހާލަތު އެޗްއީއޯސީން ގެންދަނީ ބަލަމުން
ދެ ޑޯޒް ފުރިހަމަކުރެވިފައި ހުރި މީހަކަށް ލިބެންޖެހޭ ފައިދާ އޭނާއަށް ލިބެމުންދާނެ
އޭނާގެ ގަޔަށް އިތުރު ޑޯޒެއް ޖެހުމަށް އެޗްއީއޯސީން ނިންމާފައެއް ނުވޭ

އެކަކު ގަޔަށް ކޮވިޑް19 ވެކްސިންގެ ތަފާތު ދެ ޑޯޒް ޖެހި މައްސަލައެއް ބަލަމުން ދާކަމަށް ހެލްތު އިމާޖެންސީ އޮޕްރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ، ތަފާތު ދެ ވެކްސިނެއް އެކަކު ގަޔަށް ޖަހާފައިވާ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލައި، އެކަންތައްތައް މިހާރު މޮނިޓަރ ކުރަމުން ގެންދާކަމަށެވެ. އަދި އެ މަސައްކަތްކުރިއަށް ގެންދަނީ ޑަބްލިއުއެޗްއޯގެ މަޝްވަރާ ހޯދައިގެން ކަމަށް ނާސިރު ވިދާޅުވިއެވެ.

ނާސިރު ވިދާޅުވި މި މައްސަލައިގައި ވެކްސިން ޖެހި މީހާގެ ހާލަތު އެޗްއީއޯސީން ބަލަމުން ގެންދާކަމަށެވެ.

މިކަމާގުޅިގެން ވެސިން ޖެހި މީހާގެ ގަޔަށް އިތުރު ޑޯޒެއް ޖެހުމަށް އެޗްއީއޯސީން ނިންމާފައެއް ނުވެއެވެ. އެއީ ދެ ޑޯޒް ފުރިހަމަކުރެވިފައި ހުރި މީހަކަށް ލިބެންޖެހޭ ފައިދާ އޭނާއަށް ލިބެމުންދާނެ ކަމަށް މިހާތަނަށް ކުރެވިފައިހުރި ދިރާސާތަކުން ދައްކާތީ ކަމަށް ނާސިރު ވިދާޅުވިއެވެ. އަދި ތަފާތު ދެ ވެކްސިނެއް ޖެހުމުން ގެއްލުމެއް ނުވާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާތު ދެ ވެކްސިންގެ ދެ ޑޯޒް ޖެހި މީހާގެ ގަޔަށް ފުރަތަމަ ޖަހާފައިވަނީ ޗައިނާގެ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒެވެ. އެއީ މާޗުމަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އޭނާގެ ގަޔަށް ޖަހާފައިވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒެވެ.

- ކޮމެންޓް