ކ. މާލެ
|
21 އޭޕްރިލް 2021 | ބުދަ 12:20
ރައީސް ގަމަށާއި ކައްދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ސިފައިންގެ ބޭފުޅުންތަކަކާއެކު ވަޑައިގަންނަވަނީ
ރައީސް ގަމަށާއި ކައްދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ސިފައިންގެ ބޭފުޅުންތަކަކާއެކު ވަޑައިގަންނަވަނީ
ރައީސް އޮފީސް
129 ވަނަ ސިފައިންގެ ދުވަސް
ސިފައިންގެ ޚިދުމަތުގެ ކޮންމެ ދުވަހެއް ފެށި ނިމެނީ ޤައުމީ މަސައްކަތުގައި: ރައީސް
 
ސިފައިންގެ ޚިދުމަތް ފަށާފައިވަނީ 1892 ވަނަ އަހަރު އޭޕްރިލް މަހުގެ 21 ގައި
 
ބުދަ ދުވަހު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައި
 
ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ދަންނަވާފައި

ދިވެހި ސިފައިންގެ ޚިދުމަތުގެ ކޮންމެ ދުވަހެއް ފެށި ނިމިގެން ދަނީ ޤައުމުގެ ޙައްޤުގައި ކުރާން އޮތް މަސައްކަތުގައި ދެމިތިބެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންގެ ފަޚުރުވެރި ޚިދުމަތުގެ ކޮންމެ ދުވަހެއް ފެށި ނިމެނީ ޤައުމުގެ ޙައްޤުގައި ކުރަން އޮތް މަސައްކަތުގައި ދެމިތިބެ ކަމަށެވެ. ރައީސް ވަނީ ދުވަހުގެ ތަހުނިޔާ މިނިސްޓަރ އޮފް ޑިފެންސަށާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނަށް ދަންނަވާފައެވެ.

އެމްއެންޑީއެފްގެ 129 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. ކަޅުތުއްކަލާ ކޮށީގައި ބުދަ ދުވަހުގެ ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ، ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރު ޢިއުލާނު ކޮށްދެއްވާފައެވެ. ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރަކީ "ސިފައިންގެ ޤާބިލްކަން – ޤައުމުގެ އަމާންކަން" އެވެ.

129 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުކުރެވިފައިވާ އޭރިއާ ކޮމާންޑްތަކުގައި ވެސް ދިދަ ނެގުންވަނީ ކުރިޔަށް ގެންގޮސްފައެވެ. ސިފައިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ގެއްލިގެން ހޯދާ ދޯނި އަދިވެސް ނުފެނޭ، އެ ދޯނި ހޯދަން ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓެއް: އެމްއެންޑީއެފް
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ހެލިކޮޕްޓަރު ޖެއްސި މައްސަލައިގައި ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން: އެމްއެންޑީއެފް
ތިމަރަފުއްޓަށް ޖެއްސި ހެލިކޮޕްޓަރުގެ މައްސަލަ އޮޅުންބޮޅުމަކަށް
ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ދަތުރު ކުރި ކަމަށް ޣައްސާން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފި
ބޭރުގެ ފަސް ޤައުމެއްގެ ސިފައިންނާއެކު "ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް 12" ފަށައިފި
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
"އެއަރޕޯޓް އިމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމް 2024" ގައި ޤައުމީ ދިފާޢީ ބާރުން ބައިވެރިވެއްޖެ