ކ. މާލެ
|
20 އޭޕްރިލް 2021 | އަންގާރަ 22:35
ކޮވިޑްއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން
ކޮވިޑްއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
އަންގާރަ ދުވަހު 162 މީހުން ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 76 މީހުން
އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވީ 68 މީހުން
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 26،667ށް އަރާފައި

އަންގާރަ ދުވަހު ރާއްޖެއިން 162 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އަންގާރަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 76 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 68 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 14 މީހުން އަދި ސިނާއީ ރަށްތަކުން ޕޮޒިޓިވްވި ހަތަރު މީހުންނެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 26،667ށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު 2،784 މީހުން ކޮވިޑަށް ފަރުވާހޯދަމުންދާއިރު، މީގެ ތެރެއިން 74 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 23،803 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 71 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ. ވޭތުވެދިޔަ ހަތަރު ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ހަތަރު މީހުން ނިޔާވެފައިވެއެވެ.

ދުވަސްތަކަށް ފަހު ޕޮޒިޓިވް ކޭސްތައް 100ން ދަށުގައި އޮތުމަށްފަހު އަނެއްކާވެސް މިވަނީ ކޭސްތައް މައްޗަށް ޖެހިލާފައެވެ.


Advertisement
- ކޮމެންޓް