Advertisement
ކ. މާލެ
|
7 މެއި 2017 | އާދީއްތަ 18:40
މިސްބާޙު، އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤާއިއެކު
މިސްބާޙު، އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤާއިއެކު
ފޭސްބުކް
މީޑިއާ ކައުންސިލް
މިސްބާޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށްފި
މައްސަލަ ހުށަހަޅާފައިވަނީ މެންބަރު އަސްޢަދު ޝަރީފް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު މިސްބާޙު އައްބާސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މޭ 10 ވާ ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.

މިސްބާޙުގެ އިތުބަރު ނެތްކަމުގެ މައްސަލަ، ކައުންސިލަށް ހުށަހަޅާފައިވަނީ ކައުންސިލް މެންބަރު އަސްޢަދު ޝަރީފެވެ. 

މިސްބާޙުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ، ކައުންސިލުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި މިސްބާޙު އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި، އެކަމަށް ދެއްވަންވާ ސަމާލުކަން ނުދެއްވާ ކަމަށެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މައްސަލަ އާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރުމާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމުގެ އިތުރުން މި މައްސަލައިގައި ގޮތެއް ނިންމުމެވެ. 

މީޑިއާ ކައުންސިލްގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވައިރު، ޖުމްލަ 15 މެންބަރުން ތިއްބަވާ މީޑިއާ ކައުންސިލްގެ އާންމު އިންތިހާބު ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިހާރު މީޑިއާ ކައުންސިލްގައި އެކުލަވާލެވިފައިވަނީ ރާއްޖެޓީވީ އާއި، ވީއެފްޕީ، ބަހުރު މަޖައްލާ، ސަން މީޑިއާ، ވީމީޑިއާ، ޕީއެސްއެމް އަދި މިހާރު ނޫހުގެ އިތުރުން އަސްދަނޑި މަޖައްލާގެ މައްޗަށެވެ. މީޑިއާތަކުގެ އަށް މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ހަތް މެންބަރުން ވެސް ތިއްބަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 މެއި 2017 | ހޮނިހިރު 02:04
Jmary/male
Mee gaanoonaa gavaaidhaa khilaaf liyumeh