ކ. މާލެ
|
18 އޭޕްރިލް 2021 | އާދީއްތަ 17:05
ޑަބްލިއު.އެޗް.އޯ.ގެ އައު މަންދޫބު، ފޮރިން މިނިސްޓަރ ޝާހިދުއާއި ބައްދަލުކުރައްވައިފި
ޑަބްލިއު.އެޗް.އޯ.ގެ އައު މަންދޫބު، ފޮރިން މިނިސްޓަރ ޝާހިދުއާއި ބައްދަލުކުރައްވައިފި
ހާރިޖީ ވުޒާރާ
ޑަބްލިއު.އެޗް.އޯ.ގެ އައު މަންދޫބު
ޑަބްލިއު.އެޗް.އޯ.ގެ އައު މަންދޫބު، ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
 
1965 އިން ފެށިގެން ޑަބްލިއު.އެޗް.އޯ.އިން ވަނީ ދިވެހިރާއްޖޭގެ ސިއްހީދާއިރާގެ ތަރައްގީއާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައި
 
ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު މަންދޫބަކީ ޑރ. ނާޒްނީން އަންވަރު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު މަންދޫބު، ޑރ. ނާޒްނީން އަންވަރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އޮތް ބައްދަލުވުމުގައި ޑރ. ނާޒްނީންވަނީ އެކަމަނާގެ ލެޓަރ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރ ޝާހިދަށް އަރުވާފައެވެ. ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ޑރ. ނާޒްނީން ވަނީ ދިވެހިރާއްޖޭގެ ސިއްހީދާއިރާ ހަރުދަނާކުރުމަށް ޑަބްލިއު.އެޗް.އޯ.ގެ ދައުރާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ޑަބްލިއު.އެޗް.އޯ.ގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި، ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން އަޅަމުންގެންދާ ފިޔަވަޅުތަކާބެހޭގޮތުންވެސް މިނިސްޓަރ ޝާހިދުއާއި ޑރ. ނާޒްނީން މަޝްވަރާކުރެއްވިއެވެ.

ކޮވިޑް-19 ދިމާވުމާ ގުޅިގެން ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވި އެހީއަށް މިނިސްޓަރ ޝާހިދުވަނީ ޑަބްލިއު.އެޗް.އޯ.އަށް ޝުކުރުދަންނަވާފައެވެ. އަދި މިނިސްޓަރވަނީ މިވަގުތު އޮތް ސިއްހީ ހާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާއީ-އިގްތިސާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއު.އެޗް.އޯ.އިން އަދާ ކުރާ ދައުރު ފާހަގަކުރައްވާފައެވެ.

1965 އިން ފެށިގެން ޑަބްލިއު.އެޗް.އޯ.އިން ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް