އެމެރިކާގެ ފްލައިޓެއްގައި މަސައްކަތްކުރާ ނަރުހަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލަރ ސްވިފްޓްގެ ފަރާތުން ޚާއްސަ ނޯޓަކާއެކު ހަދިޔާ ފޮއްޓެއް ލިބުމުން އޭނާއަށް ލިބުނީ ހައިރާންކަމަކާއި ބުނެދޭން ނޭންގޭ އުފާވެރިކަމެކެވެ. ބްރިޓާ ތޮމްސަން ޖޯރިޖިއާގައި އަކީ އެމެރިކާގައި އެންމެ ފުޅާދާއިރާއެއްގައި ވައިގެ މަގުން ސިއްހީ ޚިދުމަތްދޭ އެއަރ އެވަކް ލައިފްޓީމުގެ ޖޯރޖިއާގައި މަސައްކަތްކުރާ ޓީމުގެ ހެޑެވެ.
މިދިޔަ މަހު ބްރިޓާ ވަނީ ޖޯރޖިއާގެ ނޫހަކަށް އޭނާ ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އިންޓަރވިއެއްދީފައެވެ. މިއިންޓަރވިއުގައި އޭނާ ބުނެފައިވަނީ އަރާމުކޮށްލާ ގަޑިތަކުގައި ޓޭލާރ ސްވިފްޓްގެ ލަވަތައް އަޑުއަހާކަމަށެވެ.
އޭގެ ހަފްތާތަކެއް ފަހުން އޭނާ ކްރޫއާއެކު ނިއު ޔޯރކާއި ނިއު ޖަރޒީއަށް ފޮނުވާލިއެވެ. އެދެތަނަށް ގޮސްއުޅުމުގެ ތެރޭގައި ޓޭލަރ ސްވިފްޓްގެ ފަރާތުން އޭނާއަށް ފޯނުކޯލެއް ލިބެއެވެ. ބޮޑު ހަދިޔާ ފޮއްޓެއް އޭނާއަށް ރައްދުކުރުމަށެވެ.
އޭގެ އެއް ދުވަސްފަހުން ބްރިޓާ އަށް ހަދިޔާ ފޮށި ލިބުނެވެ.
" ފޮށި ހުޅުވާލިއިރު އަހަރެން ހުރީ ވަރަށް ހިތްނުތަނަވަސްވެފައި. ތުރުތުރު އަޅަމުންދިޔަ. މިއީ ހަގީގަތެއްބާއޭ ހިތަށް އަރަމުންދިޔަ. " ބްރިޓާ ރޮއިޓަރސް އާ ވާހަކަދައްކަމުން ބުންޏެވެ.
އަހަރެން ހަމަ ހިތަށް އަރަމުން އައީ މިނުވާނޭ ހަގީގަތަކަށް. ފޮށި ހުޅުވާލިއިރު އެންމެ މަތީގައި އޮތީ ސިޓީއެއް. ސިޓީ ހުޅުވާލިގޮތަށް މުޅި ސިޓީ އެއްކޮށް ނުކިޔަން. ސިޓީގެ އެންމެ ތިރި ބަލާލީ. ބަލާލިއިރު ޓޭލަރ ސްވިފްޓް ސޮއިކޮށްފައި އިންތަން ފެނުނީމާ ހަމަ ޝޮކެއް ލިބުނީބްރިޓާ ތޮމްސަން
ފޮށީގެ އެތެރޭގައި ޓީޝާޓުތަކާއި އުއްބައްތިތަކާއި ނޯޓު ފޮތަކާއި ، ރަޖައެއް އޮތްކަމަށް ބްރިޓާ ބުންޏެވެ. އެތަނުންވެސް ބްރިޓާ އެންމެ އަޅައިގަތީ ޓޭލަރ ސްވިފްޓް އަމިއްލައަށް ލިޔެފައިވާ ނޯޓުކޮޅެވެ. އެނޯޓުކޮޅުގައި ޓޭލަރ ސްވިފްޓް ވަނީ ޕެންޑަމިކް ތެރޭގައި ފްރޮންޓްލައިންގައި ކުރަމުންދާ ބުރަ ހިތްވަރުގަދަ މަސައްކަތަށް ބްރިޓާއަށް ޝުކުރު އަދާކޮށްފައެވެ.
ބްރިޓާ ބުނީ އެސިޓީން އެންމެ ބޮޑަށް އޭނާ ހަނދާން ހުންނާނީ ސިޓީ ނިންމާލަމުން ޓޭލާރ ސްވިފްޓް ބުނެފައިވާ ބަސްކޮޅު ކަމަށެވެ. އެއީ އަބަދުވެސް އޭނާއަށް ޝުކުރުވެރިވާނެ ކަމަށް ބުނެ ހަނދާންކުރާނެ ކަމަށް ބުނެ ލިޔެފައިވާ ބަސްކޮޅެވެ. ޓޭލަރ ބްރިޓާ ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާކޮށްފައިވާ ގޮތަކީ ވަރަށް ބޮޑަށް ގަޔާވި ގޮތެއްކަމަށް ބްރިޓާ ބުންޏެވެ.
ހަދިޔާތަކުގެ ތެރެއިން އޭނާ އެންމެ ގަޔާވީ ޓޭލާރ ސްވިފްޓްގެ ފޮޓޯއަކާއެކު އޮތް ރަޖާއަށް ކަމަށް ބްރިޓާ ބުންޏެވެ.
ޓޭލަރ ސްވިފްޓާ ދިމާވެއްޖެނަމަ ބުނާނީ ކީކޭތޯ ބްރިޓާ ގާތު އެހުމުން އޭނާ ބުނީ އޭނާއާ މެދު ވިސްނާކަމަށް ބުނުމުން އެކަމާ ޝުކުރު އަދާކުރާނެކަމަށެވެ. އަދި ސިއްހީ މަސައްކަތްތެރިންގެ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރުމުން އެކަމާވެސް ޝުކުރުއަދާކުރާނެކަމަށް ބްރިޓާ ބުންޏެވެ.