ކ. މާލެ
|
16 އޭޕްރިލް 2021 | ހުކުރު 14:54
ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
އަބްދުﷲ ޝާހިދު ޓްވިޓަރ
ފޮރިން މިނިސްޓަރގެ އިންޑިއާ ދަތުރުފުޅު
ރާއްޖެއަކީ އިންޑިއާ ކަނޑުގެ ހިތް - ޝާހިދު
 
ގުޅުން ހަރުދަނާ ކުރުމަށް ދެގައުމުން ވެސް އެއްވަރަކަށް މަސައްކަތްކުރައްވާ
 
އިންޑިއާ ކަނޑުގެ ސުލްހައާއި ހަމަޖެހުން އެއީ ރާއްޖެއަށް ވަރަށް މުހިއްމު ކަމެއް
 
ޒަމާނުއްސުރެ ރާއްޖެ މިއޮންނަނީ ދަތުރުވެރިން އިންޑިއާ ކަނޑު ހުރަސްކުރާ މަގުގައި

އިންޑިއާ ކަނޑުގެ ހިތަކީ ރާއްޖެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސިފަކުރައްވައިފިއެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ވިއޯންއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ ވިދާޅުވީ، އިންޑިއާ ކަނޑު އިންސާނެއްގެ ގޮތަށް ސިފަކުރާނަމަ ރާއްޖެ އޮންނަނީ ހިތް އޮންނަ ތަނުގައި ކަމަށެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ހިތަކީ ރާއްޖެ ކަމަށެވެ. ޒަމާނުއްސުރެ ރާއްޖެ މިއޮންނަނީ ދަތުރުވެރިން އިންޑިއާ ކަނޑު ހުރަސްކުރާ މަގުގައި ކަމަށްވާތީ، އިންޑިއާ ކަނޑުގެ ސުލްހައާއި ހަމަޖެހުން އެއީ ރާއްޖެއަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އަވަށްޓެރި ގައުމުތަކާއެކު މިކަމުގައި އަބަދުވެސް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ސިފަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެ ގުޅުން ސިފަކުރައްވަނީ އުދުހޭ ދޫންޏެއްގެ ގޮތަށް ކަމަށެވެ. ދޫންޏަކަށް ވެސް އުދުހެވޭނީ ދެ ވަރަ ރަނގަޅަށް އެއްވަރަކަށް މަސައްކަތް ކޮށްގެން ކަމަށެވެ. ހަމަ އެގޮތަށް ގުޅުން ހަރުދަނާ ކުރުމަށް ދެގައުމުން ވެސް އެއްވަރަކަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އާ ހަރުފަތްތަކަކަށް ގެންދިޔުމަަށް ދެގައުމުން ވެސް އެއްވަރަކަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އިންޑިއާއަށް ކުރައްވާ އެއްދުވަހުގެ މިދަތުރުފުޅުގައި އިންޑިއާގައި ތިއްބާވާ އެހެން ގައުމުތަކުގެ ސަފީރުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް